February 28, 2026
Advertisement
މިސައިލް
މިސައިލް / ސޯޝަލް މީޑިއާ

އީރާނުގެ މިސައިލް ހަމަލާތަކުން އިޒްރޭލުގެ ދިފާޢީ ނިޒާމު ފޫއަޅުވާލައިފި، ހުއްޓުވުނީ އެންމެ 2 މިސައިލް ކަމަށް ރިޕޯޓްތައް ބުނަނީ

Yana Shareef
ޔާނާ ޝަރީފް
Feb 28, 2026, 03:38 PM

އީރާނުން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި ރައްދު ހަމަލާގެ ދެވަނަ ބުރުގައި، އިޒްރޭލުގެ ވައިގެ ދިފާޢީ ނިޒާމުތަކަށް އެކަށީގެންވާ ނަތީޖާއެއް ނެރެވިފައި ނުވާކަމަށް ޔަހޫދީ މީޑިއާތަކުން އިއުތިރާފުވާން ފަށައިފިއެވެ.

Advertisement

ރިޕޯޓްތައް ބުނާ ގޮތުގައި، މި ބުރުގައި ފޮނުވާލި ގިނަ އަދަދެއްގެ މިސައިލްތަކުގެ ތެރެއިން އިޒްރޭލުގެ ދިފާޢީ އައްޑަނަތަކަށް ހުއްޓުވުނީ އެންމެ ދެ މިސައިލެވެ. މީގެ މާނައަކީ އީރާނުގެ ގިނަ މިސައިލްތައް ވަނީ އިޒްރޭލުގެ ވައިގެ ސަރަހައްދު ފޫއަޅުވާލުމަށްފަހު، އެކި ސަރަހައްދުތަކުގައި ކަނޑައެޅިފައިވާ އަމާޒުތަކަށް އަރާފައެވެ.

މި ހާދިސާއާ ގުޅިގެން އިޒްރޭލުގެ ދިފާޢީ ނިޒާމުގެ ހަރުދަނާކަމާމެދު ސުވާލު އުފެދިފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި އިޒްރޭލަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަދި ކާމިޔާބު މިސައިލް ހަމަލާގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved