March 11, 2026
Advertisement
މައުންޓް ވޮޝިންޓަންގައި އުފެދިފައިވާ ވަޅުގަނޑު
މައުންޓް ވޮޝިންޓަންގައި އުފެދިފައިވާ ވަޅުގަނޑު / އޭޕީ

ސްކީ ކުރަނިކޮށް 600 ފޫޓުގެ ފުން ވަޅުގަނޑަކަށް ވެއްޓި މަރުވެއްޖެ

Azzama
އައްޒާމާ
Mar 11, 2024, 08:32 PM

އެމެރިކާގެ ނިއު ހެމްޝަޔަރގެ މައުންޓް ވޮޝިންޓަންގައި މިދިޔަ ހަފްތާ ބަންދުގައި ގާތްގަނޑަކަށް 600 ފޫޓުގެ އައިސް ވަޅުގަނޑެއްގެ ތިރިއަށް ވެއްޓި ސްކީ ކުރާ އަންހެނެއް މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

Advertisement

އެމެރިކާގެ ފޮރެސްޓް ސާވިސްގެ ޕަބްލިކް އެފެއާޒް ސްޕެޝަލިސްޓް ކޮލީން މެއިންވިލް ވިދާޅުވީ އެ އަންހެން މީހާ އާއި އިތުރު ދެ މީހަކު ހޮނިހިރު ދުވަހު ބެކްކަންޓްރީ ސްކީ ކުރަމުން ދިޔަ ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި މަރުވެފައިވަނީ އުމުރުން 20 އަހަރުގެ މެޑިސަން ސޯލްޓްސްބާގް އެވެ. މެއިންވިލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސްކީ ކުޅުންތެރިޔާ ޓަކަރމަން ރެވިން އިން ވެއްޓުމުން "މަރުވާވަރުގެ ޓްރައުމެޓިކް އަނިޔާތަކެއް" ލިބިފައިވާ ކަމަށެވެ. ސަލާމަތްވި ދެމީހުންނަށް ލިބިފައިވަނީ ފުރާނައަށް ނުރައްކާނުވާ ފަދަ އަނިޔާތަކެކެވެ.

މެއިންވިލް ބުނީ އެ ތިން މީހުންނަށް ކުރިމަތިވެފައި ވަނީ ހަރު، އައިސް ސްނޯ ސަރަހައްދުތަކާއި ހުޅުވިފައިވާ ކްރެވަސް ހޯލްތައް ފަދަ އުނދަގޫ ހާލަތްތަކެއް ކަމަށެވެ.

މެއިންވިލް ވިދާޅުވީ އެމެރިކާގެ ފޮރެސްޓް ސާވިސް އާއި މައުންޓް ވޮޝިންޓަން އެވަލެންޗް ސެންޓަރ (އެމްޑަބްލިއުއޭސީ) އިން ވަނީ ސޯލްޓްސްބާގް ފަރުބަދައިން ސަލާމަތް ކުރުމަށް އޮޕަރޭޝަނެއް ޖެއްސި ކަމަށެވެ.

މެއިންވިލް ބުނީ އެވަލެންޗް ސެންޓަރުގެ ސްނޯ ރޭންޖާ ޓީމުން ހޮނިހިރު ދުވަހު މަސައްކަތް ކުރި އެހެން ހާދިސާއެއް ގައި އިތުރު ދެ ސްކީ ކުޅުންތެރިންނަށް ހިލަތަކާއި އައިސްގެ ސަބަބުން އަނިޔާތަކެއް ލިބުނު

ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved