
މެދު އިރުމަތީގައި މިހާރު ފެށިފައިވާ ހަނގުރާމައާ އައިސްދާނެ އެކު ޕްރެޝަރ މެނޭޖް ނުކުރެވޭ ގޮތަށް ވުމުގެ ކުރިން ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ރައްކާތެރިކޮށްދެއްވުމަށް ދިވެހި ސަރުކާރަށް ގައުމީ މޭޔަރަލް ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ގޮވާލައްވައިފިއެވެ.
މެދު އިރުމަތީގެ މަސްރަހު ގޯސްވެ އިރާން-އިޒްރޭލު ހަނގުރާމަ ފެށިފައިޥާ ދަނޑިވަޅެއްގައި ޒަރިޔަންދު މިފަދައިން ގޮވާލެއްވީ އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޒަރިޔަންދު ވިދާޅުވެފައިވަނީ، ދުނިޔޭގެ ޓެންޝަންތަކުގެ ސަބަބުން ތެލާއި އިމްޕޯޓްގެ ހަރަދުތައް މައްޗަށް ދާނަމަ، އެންމެ ފަހު ވަގުތު ފިޔަވަޅުތައް އަޅާ ރިއެކްޓް ކުރަން ވަގުތު ނުވަތަ މާލީ ޖާގަ ނުލިބިދާނެ ކަމަށެވެ.
އެހެންކަމުން މިހާރުން މިހާރަށް އާންމުކޮށް ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް ހުއްޓާލައި، ކޮންމެހެން ބޭނުންވާ ކަންކަމަށް އިސްކަންދިނުމަށް ޒަރިޔަންދު ވަނީ އެދިވަޑައިގެންފައެވެ. ހަމައެއާއެކު، ހިނގަމުންދާ ހަނގުރާމއާ އެކު ގައުމަށް ކުރިމަތި ވެދާނެ ޕްރެޝަރު މެނޭޖް ނުކުރެވޭ ގޮތަށް ވުމުގެ ކުރިން ގައުމުގެ އިޤްތިޞާދީ ހަމަޖެހުން ރައްކާތެރިކޮށްދެއްވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ޒަރިޔަންދު މިފަދައިން ގޮވާލައްވާފައި މިވަނީ ބެލެވޭ ގޮތުގައި، ރާއްޖެއަކީ އިމްޕޯޓު މުދަލަށް ބަރޯސާވެ ގިނަ ކަންކަން މެނޭޖު ކުރަމުން އަންނަ ގައުމަކަށް ވެފައި މިހާރު ވެސް ހޮރުމަޒޫން ކަނޑު ބަންދު ކުރުމުން މި ގައުމަށް އެތެރެ ކުރާ މުދާ އެތެރެ ކުރުމުގައި އުނދަގޫ ދަތިކަމެއް ހުންނާނެ ކަމަށް ވާތީއެވެ.










