March 11, 2026
Advertisement
ރަޝިޔާގެ މާސްކް ސަރަހައްދުގެ ތެޔޮ ޑިޕޯއެއްގައި ހިނގި ހާދިސާއެއްގައި އަލިފާން ނިވާ މީހުން ހަރަކާތްތެރިވަނީ
ރަޝިޔާގެ މާސްކް ސަރަހައްދުގެ ތެޔޮ ޑިޕޯއެއްގައި ހިނގި ހާދިސާއެއްގައި އަލިފާން ނިވާ މީހުން ހަރަކާތްތެރިވަނީ / އޭއެފްޕީ

ރަޝިޔާގެ ތެޔޮ ޑިޕޯއަކަށް ހަމަލާދީ ގޮއްވާލައިފި

Azzama
އައްޒާމާ
Mar 11, 2024, 09:58 PM

ރަޝިޔާގެ އޮފިޝަލުން ބުނީ ޔޫކްރޭންއާ ބޯޑަރުވާ ސަރަހައްދުގެ ތެޔޮ ޑިޕޯ ގޮވާފައި ވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެ ޑިޕޯއަށް ދިން ހަމަލާއެއްގައެވެ.

Advertisement

"ހާދިސާ ހިނގި ސަރަހައްދުގައި ފަޔާ ބްރިގޭޑްތަކާއި އިމަޖެންސީ ސާވިސްތަކުން މަސައްކަތް ކުރަމުން އެބަދޭ،" ސަރަހައްދީ ގަވަރުނަރު ރޯމަން ސްޓާރޮވޮއިޓް ހުކުރު ދުވަހުގެ ހެނދުނު ވިދާޅުވި އެވެ. ޖެހުނީ ކޮން ސައިޒެއްގެ ޑިޕޯއެއް ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

މި ހަމަލާއަކީ މުޅި ރަޝިޔާގައި ހުރި ތެލާއި ގޭހުގެ ފެސިލިޓީތަކަށް ހަމަލާދިނުމަށް ޔޫކްރޭނުން ގެންގުޅޭ ސްޓްރެޓެޖީއެއްގެ ބައެކެވެ.

"ރަޝިޔާގެ ހުރިހާ ހިސާބެއްގައި ހުރި ރިފައިނަރީތަކަށް ލ އަދަދެއްގެ ވައިގެ ހަމަލާތަކެއް ދިނުމުން ރަޝިޔާގެ ރިފައިނިން ކެޕޭސިޓީ ވަގުތީ ގޮތުން ދަށްވެފައި އޮތުމަކީ އެކަށީގެންވާ ކަމެއް،" އެ ސްޓްރެޓެޖީ ރިޕޯޓުގައިވެ އެވެ.

މާޗް މަހުގެ އެއްވަނަ ދުވަހު ރަޝިޔާއިން ތައާރަފްކުރި ތެޔޮ އެކްސްޕޯޓް ކުރުން މަނާކުރުމަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި އަމަލުކުރަން ފެށި މިފަދަ ތިން މަސް ދުވަހުގެ މަނާކުރުމެކެވެ. މިދިޔަ އަހަރު މަނާކުރަން ފެށީ ރަޝިޔާގެ ދަނޑުވެރިން ކްރެމްލިން އިން ތެލުގެ އަގު އުފުލުން ކޮންޓްރޯލް ނުކޮށްފިނަމަ މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ދިނުމުންނެވެ.

ސެއިންޓް ޕީޓާސްބާގް ކައިރީގައި ކެމިކަލް އެކްސްޕޯޓްކުރާ ބޮޑެތި އިންފްރާސްޓްރަކްޗާތަކާއި ކަޅު ކަނޑާއި މެދުތެރޭ ރަޝިޔާގެ ރިފައިނަރީތަކަށް ހަމަލާދީ ތެލާއި ގޭހުގެ ފެސިލިޓީތަކަށް ޑްރޯން ހަމަލާތަކެއް ދިނުމުން މިއަހަރު ރަޝިޔާގެ ތެލުގެ އަގު ވަނީ ގާތްގަނޑަކަށް 10 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved