March 9, 2026
Advertisement
ބަންޑާރަ މިސްކިތް ތަޅާނުލެވޭނެ، ކައުންސިލުން އެކަން ހުއްޓުވަން ޖެހޭ: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު
ބަންޑާރަ މިސްކިތް ތަޅާނުލެވޭނެ، ކައުންސިލުން އެކަން ހުއްޓުވަން ޖެހޭ: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު / ތޭރަ އޮންލައިން

ބަންޑާރަ މިސްކިތް ތަޅާނުލެވޭނެ، ކައުންސިލުން އެކަން ހުއްޓުވަން ޖެހޭ: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 8, 2026, 02:30 PM
މާލެ ސިޓީ

ބަންޑާރަ މިސްކިތް ތަޅާލަން އިސްލާމިކު މިނިސްޓްރީއިން ނިންމާފައިވާ ވުމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ކަމަށް ނުކުންނަވާ ގައުމި މޭޔަރަލް ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދުގެ ފާޑުވިދާޅުވުމާ ނުުރުހުން ފާޅުކުރައްވައިފިއެވެ.

Advertisement

ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވަނީ ބަންޑާރަ މިސްކިތަކީ މާލޭގައި ހުރި ތަނަކަށްވާއިރު އެތަނަށް ހިނގާނީ މާލެ ސިޓީ ކައުންސިލްގެ ބާރު ކަމަށް ވިދާޅުވެފައެވެ. ކޮންމެ ތަނެއްގައި ވެސް ލޭންޑް ޔޫސް ޕްލޭނެއް އޮންނާނެ ކަމަށާ އެއީ ރައްޔިތުންގެ ބައިވެރިވުން އޮންނަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ ޒަރިޔަންދު ވިދާޅުވީ، ބަންޑާރަ މިސްކިތް ތަޅާލަން އުޅޭއިރު މިހާރު އޮތް ކައުންސިލަށްވެސް އަދި މޭޔަރަށް ވެސް މަސައްކަތް ނުކެރެވޭ ކަމަށެވެ.

ޒަރިޔަންދު ވަނީ ލާމަރުކަޒީ ގާނޫނުގެ ގާނޫނު ނަމްބަރު 7/2010 އިން މާލޭގައި ހުންނަ މިސްކިތްތަކުގެ ބާރުވެސް މާލެ ސިޓީ ކައުންސިލަށް ލިބިދީފައިވާކަން ކައުންސިލަރުންނަށާ މޭޔަރަށް ނޭނގޭނަމަ އޭގެ ސަބަބުން ގެއްލުންތައް ވާނީ ރައްޔިތުންނަށް ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ މާލޭގައި ހުރި އެފަދަ ބިނާތައް ތަޅާ ސުންނާފަތި ކުރާއިރު މޭޔަރަކަށް ހުންނަވާ ބޭފުޅަކަށް އިސްލާމިކު މިނިސްޓްރީއަށް ރައްޔިތުންނާއެކު ވަޑައިގެން އެކަންކަމަށް ދެކޮޅު ހަދަން ޖެހޭ ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ އޭނާގެ މޭޔަރުކަމެއްގައި ނަމަ މިއަދު އޭނާ ހުންނަވާނީ އިސްލާމިކު މިނިސްޓަރުގެ މޭޒުގެ އެއްކޮޅުގައި ގޮށްމުށުން ތަޅަތަޅާ އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމުގައި ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ މޭރަކަށް މިއަދު ހުންނެވީ އެމްޑިޕީ ބޭފުޅެއް ނަމަވެސް އަޑީގައި އޮތީ ޕިއެންސީ ކަމަށެވެ. ޒަރިޔަންދު ވަނީ ޕީއެންސީއިން އެމްޑީޕީއަށް ކަރަދު ކުރާކަމަށްވެސް ތުހުމަތުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved