
ސިޓީތަކާ ރަށްރަށުގެ ތަރައްގީ ކުރަން އެކުލަވާ ޕްލޭނުތަކުގައި އަންހެން ވެރިންގެ ޚިޔާލާ މަޝްވަރާ ހޯދުން މުހިއްމު ކަމަށް މާލޭގެ މޭޔަރު ކަމަށް ނުކުންނަވާ ގައުމި ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ އަރިސްކޮށް ފޮނުއްވި މީސް މީޑިޔާ މެސެޖުގައެވެ.
ޒަރިޔަންދު ވިދާޅުވި ގޮތުގައި އޭނާގެ ނަޒަރުގައި ކައުންސިލުން ނިންމާ މުހިއްމު ނިންމުންތަކުގައި ޑަބްލިޔުޑީސީގެ ބައިވެރިވުން އިތުރުކުރަންޖެހެއެވެ. އަދި ރަށުގެ ނުވަތަ ސިޓީގެ ތަރައްޤީގެ ޕްލޭންތައް އެކުލަވާލާއިރު، އެ ކަނބަލުންގެ ލަފައާއި އިރުޝާދު ހޯދައި، ނިންމުންތައް ނިންމާ މޭޒަށް އެ ކަނބަލުން ގެންނަންޖެހޭ ކަމަށްވެސް އޭނާ ދެކޭ ކަމަށް ބުނެފައިވެއެވެ.










