March 9, 2026
Advertisement
.
. / ސޯޝަލް މީޑިއާ

އައު ލީޑަރު ހޮވުމުގެ މަރުހަލާ ނިމިފައިވާކަމަށް އިރާނުން ބުނެފި

Yana Shareef
ޔާނާ ޝަރީފް
Mar 8, 2026, 06:48 PM

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީގެ ބަދަލުގައި އައު ލީޑަރަކު ހޮވުމުގެ މަރުހަލާ ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އެސެމްބްލީ އޮފް އެކްސްޕާޓްސް ⁠މެމްބަރު އާޔަތުالله މުހައްމަދު މިރުބަގީރީ މިއަދު ވިދާޅުވެއްޖެއެވެ.

Advertisement

ޚާމަނާއީ އަވަހާރަވީ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާގައެވެ. އެ ގައުމުން މި ހަމަލާ ދިނީ އީރާނުން ނިއުކްލިއާ ހަތިޔާރު ހާސިލުކުރަން އުޅޭ ކަމަށް ބުނެއެވެ.

މިރުބަގިރީ ވިދާޅުވީ އައު ލީޑަރަކު ހޮވުމުގެ މަރުހަލާއާ ގުޅޭ ގޮތުން "ބައެއް ހުރަސްތައް" ހައްލުކުރަން ޖެހޭ ކަމަށެވެ.

އީރާނުގެ މީޑިއާތަކުން ބުނީ އީރާނުގެ އެންމެ މަތީ ލީޑަރު އައްޔަން ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން ⁠އެމީހުންގެ އެންމެ ފަހުގެ ނިންމުން ނިންމަން ޖެހޭނީ "⁠އިން-ޕާސަން" ބައްދަލުވުމަކުންތޯ ނުވަތަ މިކަމަށް ރީއާޔަތް ކުރަން ނުޖެހޭނެތޯ ހިޔާލުތަފާތުވުން އުފެދިފައިވާ ކަމަށެވެ.

ޚާމަނާއީގެ އިތުރުން އޭނާގެ އަންހެން ދަރިކަނބަލަކާއި ކާފަ ދަރިކަލަކާއި އޭނާގެ އަނބިމީހާ ވެސް މި ހަމަލާތަކުގައި ވަނީ އަވަހާރަވެފައެވެ.

ދުނިޔޭގެ އެތައް މުސްލިމުންގެ ލޯބި ލިބިފައިވާ ޚާމަނާއީ އަވަހާރަވި ހަބަރު އެންމެ ފުރަތަމަ އިއުލާން ކުރީ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ނަތަންޔާހޫ ބުނެފައިވަނީ އިސްރާއީލަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު، ޚާމަނާއީ ދުނިޔޭގައި ނެތް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved