March 10, 2026
Advertisement
Zariyand
Zariyand / ތޭރަ އޮންލައިން

އިންތިޚާބުތައް އެއްކޮށްލުމުގެ ރިފަރެންޑަމަށް "ނޫނެކޭ" ބުނުމަށް ޒަރިޔަންދު ގޮވާލައްވައިފި

Yana Shareef
ޔާނާ ޝަރީފް
Mar 10, 2026, 12:34 AM

ސަރުކާރުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކަކީ ރާއްޖޭގައި 'ރަސްކަމެއް' ފަދަ މުޠުލަޤު ބާރުވެރިކަމެއް ގާއިމުކުރުމަށް ކުރާ ރޭވުމެއް ކަމަށް ތުހުމަތުކުރައްވައި، ކުރިއަށް އޮތް ރިފަރެންޑަމްގައި ސަރުކާރާ ދެކޮޅަށް 'ނޫނެކޭ' ބުނުމަށް މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު ގޮވާލައްވައިފިއެވެ.

Advertisement

 "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުން އަޅުވެތިކުރާ ރަސްކަލެއްގެ ގޮތުގައި ކަމަށާއި، މި ވެރިކަން ފެށުނީއްސުރެ ގާނޫނުތަކަށް ގެންނަ ބަދަލުތަކުގެ އަސްލު އަމާޒަކީ ބާރުތައް އެއްކުރުން ކަމަށެވެ. ޚާއްޞަކޮށް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމުގެ ނިޔަތުގައި ނަގާ ރިފަރެންޑަމަކީ ރައްޔިތުންގެ މިނިވަންކަމަށް އެޅޭ ހުރަހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޒަރިޔަންދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓަން ނިންމުމަކީ ވޯޓުލާ މީހުންގެ އަދަދު މަދުކޮށް، ރައްޔިތުންގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލެކެވެ. އެހެންކަމުން، އޭޕްރިލް 4 ވަނަ ދުވަހު ބާއްވާ ވޯޓުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ، ސަރުކާރުގެ މި ނިންމުންތަކާ ދެކޮޅަށް "ނޫނެކޭ" ބުނުމަކީ ގައުމުގެ މިނިވަންކަމަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved