
ގައުމުގެ ކަންކޮޅުތަކަށް ނަޒަރު ހިންގާލުމުން މއިަދު ފެންނަމުން ދަނީ ކޮރަޕްޝަނުގެ ހޫނުން ތެމި ފޯވެ އެކަމުގެ ދިލައިގެ ތެރޭގައި ނުވާ މީހަކީ ބަސްނުވިކޭ މީހެއްގެ ގޮތުގައި ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ގައުމި މޭޔަރަލް ކެންޑިޑޭޓު އިސްމާއިލް ޒަރިަޔންދުގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ޒަރިޔަންދު މާލޭގެ މޭޔަރު ކަމަށް އެންޑޯޒުކުރެއްވުމުގެ ކުރިން އެމަނިކުފާނު އެކި ގޮތް ގޮތުން ކެންޑިޑޭޓަކު ހޯއްދެވި ކަމަށާ ނަމަވެސް ކޮރަޕްޝަން ފްރީ، ފަސްބައި ސާފު، ސިޔާސީ ނުފޫޒުން އެކިބާވެފައި ހުރި މީހަކު ޒަރިޔަންދު ނޫނީ ފެނިފައި ނުވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު މިގައުމުގައި އެންމެ ބަސް ވިކެނީ ކޮރަޕްޝަންގެ ހުތުރު އަމަލުން ފުރިގެން ތިބީ މީހުން ކަމަށާ ޒަރިޔަންދަކީ ތަދު ކެމިކަލްއެއް ފަދަ ބޭފުލެއް ކަމަށެވެ.
ފެނިގެން ދަނީ ރާއްޖޭގެ އިޖްތިމާއީ އަދާލަތު ނެތި ގޮސްފައިވާ މިންވަރު ކަމަށާ އެހެންކަމުން އެ ހުރިހާ ކަންކަން ހައްލުކޮށް މާލެ ރީސެޓުކުރަން މޭޔަރު ކަމަށް ޒަރިޔަންދު ހޮވުން ނޫން ޗޮއިސެއް މިހާރު ނެތް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.










