
މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އިތުރަށް ދިގުލއިގެން ދާނަމަ ރާއްޖޭގައި އަސާސީ ހިދުމަތްތައް ލިބިގަތުގައި ދަތިތައް ކުރިމަތިވާނެކަމަށް މާލޭގެ މޭޔަރު ކަމަށް ނުކުންނަވާ ހުންނެވި ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވީ އޭނާގެ ކެމްޕެއިން ހަރަކާތެއްގައި ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.
އެގޮތުން ޒަރިޔަންދު ފާހަގަކުރެއްވި ގޮތުގައި، މި ދައުލަތް މިހާރު ހިނގަމުންދާ ރޭޓަށް ބަލާނަމަ، މެދުއިރުމަތީގެ ހަނގުރާމަ އިތުރު ދެ ހަފްތާއަށް ދިގު ދެމިގެން ގޮސްފި ނަމަވެސް ދިވެހި ދައުލަތް އޭގެ ޒާތުގައި ރައްޔިތުން ބަނޑު ފުރާ މުއްތިކުރާނެ، ކާބޯތަކެތި ނުލިބި ތެޔޮ ލިބުން ދަތިވެ ބޮޑެތި އުސް ލިފްޓުތަަކަށް ބޭނުންވާ ކަރަންޓު ނުލިބޭ ވަރަށް ކަރަންޓު ކަނޑަން މަޖްބޫރުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ކާބޯތަކެއް ފެނާ ތެޔޮވެސް ކަންބޮޑުވާން ނުޖެހޭ މިންވަރަށް ރާއްޖޭގައި އެބަހުރި ކަމަށެވެ. ނަމަވެސް އޭގެ 72 ގަޑިއިރު ފަހުން އެމަނިކުފާނުގެ ސަރުކާރުން ވަނީ ދުނިޔޭގައި ތެލުގެ އަގު ބޮޑުވެއްޖެ ކަމަށް ބުނެ ރާއްޖޭގައި ސަރުކާރުން ވިއްކާ ތެލުގެ އަގުވެސް ބޮޑުކޮށްފައެވެ.










