March 14, 2026
Advertisement
-
- / ބީބީސީ

އިޒްރޭލާއި އެމެރިކާގެ އުދުވާންތަކަށް ސްޕެއިންގެ ބޮޑުވަޒީރު ވަރުގަދަ ރައްދެއް ދެއްވައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 14, 2026, 12:36 PM
މާލެ ސިޓީ

މެދުއިރުމަތީގައި އިޒްރޭލާއި އެމެރިކާއިން ހިންގަމުންދާ ލާއިންސާނީ އުދުވާންތަކާއި، ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ގައުމުތަކުގެ ސިޔާސަތުތަކާ ދެކޮޅަށް ތެދުވެވަޑައިގެންފިއެވެ.

Advertisement

މެޑްރިޑްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ސަންޗޭޒް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އަމާޒުކޮށް ހަރުކަށި ބަހުން ވާހަކަދައްކަވާފައެވެ. ސަންޗޭޒް ވިދާޅުވީ، ދުނިޔޭގެ މަސްލަހަތު ނަގާލައި، ގައުމުތަކުގައި ހަމަނުޖެހުން އުފައްދާ ފަރާތްތަކުން އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ.

"ދުނިޔޭގައި އަލިފާން ރޯކޮށްލާފައި، ދެން އެ އަލިފާނުގެ ސަބަބުން އުފެދޭ ދުންތަކުގެ މައްޗަށް އެހެން ބަޔަކު ކުށްވެރިއެއް ނުކުރެވޭނެ،" ސަންޗޭޒް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ސަންޗޭޒް ބަޔާންކުރެއްވީ، މެދުއިރުމަތީގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުތަކާއި، އެމެރިކާއިން އެކަމަށް ދެމުންދާ ވާގިވެރިކަމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، އިންސާނިއްޔަތާ ޚިލާފު އަމަލުތަކެއް ކަމަށެވެ. ސްޕެއިންއަކީ ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކުރާ އަދި އިޒްރޭލުގެ އިސްތިއުމާރީ ސިޔާސަތުތަކާ ދެކޮޅަށް ވިލާތުގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރަށް އަޑުއުފުލާ އެއް ގައުމެވެ.

ބޮޑުވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ، ޓްރަމްޕާއި ނަތަންޔާހޫ ފަދަ ލީޑަރުންގެ ސިޔާސަތުތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ސުލްހަ މަސްލަހަތު ގެއްލި، ކުށެއްނެތް އެތައް ހާސް ބައެއްގެ ފުރާނަ ދަނީ ގެއްލެމުން ކަމަށެވެ. އަދި މިފަދަ އުދުވާންތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސްޕެއިންގެ މި ހަރުދަނާ ނިންމުމާއި، ބޮޑުވަޒީރު ސަންޗޭޒްގެ މި ޖެހިލުންކުޑަ ރައްދަކީ މެދުއިރުމަތީގައި އިންސާފު ގާއިމުކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved