March 17, 2026
Advertisement
Zariyand
Zariyand / ތޭރަ އޮންލައިން

ޒަރިޔަންދުގެ ކެމްޕެއިން ޕޯސްޓަރުތަކެއް "ވަގަށް" ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 17, 2026, 12:21 PM
މާލެ ސިޓީ

ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ކެމްޕެއިން ޕޯސްޓަރުތަކެއް ވަގަށް ނަގަމުންދާ ކަމަށް ބުނެ، އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ އިސްމާއީލް ޒަރިޔަންދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Advertisement

ޒަރިޔަންދު ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި ހުރި އޭނާގެ ކެމްޕޭން ޕޯސްޓަރުތައް ނަގަމުންދަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތްކުރާ ބަޔަކު މެދުވެރިކޮށް "ސިއްރިއްޔާތުގައެވެ". މީގެ އިތުރުން، އޭނާއަށް ތާއީދުކުރާ ފަރާތްތަކުގެ އަމިއްލަ ބިންތަކުގައި ހުރި ޕޯސްޓަރުތައް ވެސް ވަގަށް ނަގާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ޒަރިޔަންދު ވަނީ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މި ޒަމާނުގައި ހުދުމުޚުތާރު އުސޫލުތަކުން ކުރާ ވެރިކަމެއްގެ އުމުރު ކުރުވާނެ ކަމަށެވެ. އަދި ރައީސަށް ހެޔޮވިސްނުން ދެއްވައި، ޑިމޮކްރެޓިކް ހަމަތަކާއި ޤާނޫނާ އެއްގޮތަށް ވެރިކަން ކުރުމުގެ ނަފްސާނީ ޤާބިލުކަން މިންވަރުކޮށްދެއްވުމަށް އެދި ދުޢާކުރައްވާ ކަމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ.

މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާއިރު، މިކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން ރަސްމީ ބަހެއް އަދި ވިދާޅެއް ނުވެއެވެ.

ކޮމެންޓު
ގުޅުންހުރި ހަބަރު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved