March 17, 2026
Advertisement
ރައީސް މުއިއްޒު އުޅެނީ ޖަލީލު ހަޑިކުރަން، އަވަހަށް ގެއަށް ވަންނަވާ: ރައީސް ޔާމީން
ރައީސް މުއިއްޒު އުޅެނީ ޖަލީލު ހަޑިކުރަން، އަވަހަށް ގެއަށް ވަންނަވާ: ރައީސް ޔާމީން / ސަން

ރައީސް މުއިއްޒު އުޅެނީ ޖަލީލު ހަޑިކުރަން، އަވަހަށް ގެއަށް ވަންނަވާ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Mar 17, 2026, 04:30 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު އުޅުއްވަނީ މޫސާ އަލީ ޖަލީލުގެ އަގު ރައްޔިތުން ކުރިމަތީ ވައްޓަން ކަމަށާ އެކަމުން ސަލާމަތްވުމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާއެއްގެ ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ.

އެގޮތުން ޕީއެންސީއަކީ މުޅި ގައުމު މިހާރު ހަލާކުވަމުންދާ ދިއުމުގެ އަސްލު ސަބަބު ކަމަށާ އެ ޕާޓީއިން ވެރިކަމުގައި ތިބެ ގައުމުގެ ހަރު މުދާތައް ވިއްކާ ރައްޔިތުންގެ މުދަަލަށް ޚިޔާނާތްތެރިވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މާލޭގެ ޕޯޓު ދުބާއީ ވޯލްޑަށް ވިއްކާލިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ އެފަދަ ކަންކަމުގައި ފުލުހުންނާ ސިފައިންވެސް ގައުމުގެ ހައްގުގައި ބަސްބުނަން ޖެހޭނެ ކަމަށެވެ. އެހެނީ އެފަދަ ކަންކަމަކީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަމަށްވުމުން ކަމަށާ ފުލުހުންނާ ސިފައިން ކުރާ ހުވާއަކީ އުމުރަށް ދެމިގެންދާ ހުވައަކަށްވާއިރު، ރިޓާޔާޑު ވިޔަސް އެފަދަ ކަންކަމުގައި ބަސްބުނަން ވާނެ ކަން ރައީސް ޔާމީން ފާޙަގަކުރެއްވިއެވެ.

ނަމަވެސް މިއަދު ގިނަ ރިޓަޔާޑް އޮފިސަރުން ދައުލަތުގެ އެކި މަގާމުތަކުގައި ބައިތިއްބައިގެން ރައީސް މުއިއްޒު ގެންދަވަނީ އެބޭފުޅުންގެ ދުލުގައި ތަޅު އަޅުވާ މުޅި ގައުމު ހިތަކަށް ބޭރު ފަރާތްތަކަށް ބަހަމުން ކަމަށާ އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށް ބުނި ނަމަވެސް އެކަމުން ރައްޔިތަކަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ޖީއެމްއާރަށް އެއާޕޯޓު ވިއްކާލުން ފަދަ ނުރައްކާތެރިކަމެއް ކަމަށާ އެހެންކަމުން ގައުމު އަޅުވެތިވުން ނޫން ކަމެއް ދުބާއީ ވޯލްޑަށް ސީޕޯޓު ވިއްކުމުގައި ނޯންނާނެ ކަމަށެވެ.

އެހެންކަމުން އެފަދަ ބޮޑެތި ކަންކަމާ ދެކޮޅަށް ބަސް ނުބުނެ މޫސާ އަލީ ޖަލީލުމެން ފަދަ ބޭފުޅުން ތިއްބައިވައިގެން ނުވާނެ ކަމަށާ މިއަދު ރައްޔިތުން ކުރިމަތީ އެބޭބޭފުޅުން އަގު ވެއްޓެމުންދާ ކަމަށް ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ ޕީއެންސީ ޓިކެޓުގައި މާލޭގެ ޕޭޔަރު ކަމަށް ނުކުންނަވާ މޫސާ އަލީ ޖަލީލު ހުންނެވީ އަޅުވެތިވެފައި ަކަމށާ އަމިއްލަ މިނިްވަން ކަމާއެކު އެންމެ ބަހެއްވެސް ބުނުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

އެހެންކަމުން އެކަމަށް ސަލާމަތްވެ، ކުރިން ލިބިފައިވާ ޝަރަފާއެކު ހުންނެވުން ބުއްދިވެރިކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ ރިޓަޔާޑް ޖެނެރަލުން ލައްވާ ހަޑި ހާވަވަމުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved