
ނ. މަނަދޫ، އަންނާރުމާގެ، ނަޢީމާ މޫސާ މަރާލި މައްސަލާގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ އެރަށު ވިނަރެސް، ޙަސަން ފަވާޒްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ލުއި ދީފިއެވެ.
ފަވާޒްގެ ބަންދަށް ލުއިދިނުމަށް ކޯޓުން ނިންމީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ޖަލުގައި ބަހައްޓައިގެން އެކަށީގެންވާ ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންގުމާ ގުޅިގެންނެވެ. ޕީޖީ އޮފީހުން ކޯޓުގައި އެދުނީ ފަވާޒްގެ ބަލިހާލަތުގެ ނާޒުކުކަމަށް ބަލައި، ގާނޫނުއަސާސީން ލިބިދޭ ދިރިހުރުމުގެ ހައްގު ކަށަވަރުކޮށްދިނުމުގެ ގޮތުން ހަރުކަށި ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށެވެ.
ކްރިމިނަލް ކޯޓުން ފަވާޒް ބަންދުން ދޫކޮށްލުމަށް ކަނޑައެޅި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
ޕީޖީ އޮފީހުން ވިދާޅުވީ ފަވާޒް މި ޝަރުތުތަކަށް އެއްބަސްވެފައިވާ ކަމަށާއި، އޭނާ މި ޝަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ފުލުހުންނާއި ކަރެކްޝަނުން މޮނިޓަރ ކުރަމުންދާނެ ކަމަށެވެ. އަދި އެއްވެސް ޝަރުތަކާ ޚިލާފުވެއްޖެނަމަ، ވަގުތުން އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް ކޯޓުގައި އެދޭނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ނަޢީމާ މޫސާ މަރާލި މައްސަލާގައި ފަވާޒްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުގައި މި ލާނުސާނީ އަމަލުގައި އެންމެ އިސްކޮށް އުޅުނީ ފަވާޒްއެވެ.




