March 21, 2026
Advertisement
އީދުގެ ތަހުނިޔާއާ އެކު ރައީސް ޔާމީން އެދިވަޑައިގެންނެވީ އިސްލާމީ އުއްމަތަށް ޖެހިފައި ހުރި މުސީބާތްތަކުން ސަލާމަތްކުރުމަށް ދުއާކުރުމަށް!
އީދުގެ ތަހުނިޔާއާ އެކު ރައީސް ޔާމީން އެދިވަޑައިގެންނެވީ އިސްލާމީ އުއްމަތަށް ޖެހިފައި ހުރި މުސީބާތްތަކުން ސަލާމަތްކުރުމަށް ދުއާކުރުމަށް! / އެޑިޝަން.އެމްވީ

އީދުގެ ތަހުނިޔާއާ އެކު ރައީސް ޔާމީން އެދިވަޑައިގެންނެވީ އިސްލާމީ އުއްމަތަށް ޖެހިފައި ހުރި މުސީބާތްތަކުން ސަލާމަތްކުރުމަށް ދުއާކުރުމަށް!

Mar 19, 2026, 03:59 PM
މާލެ ސިޓީ

ބަރަކާތްތެރި ފިޠުރު އީދުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަރިސް ކުރައްވައި އިސްލާމީ އުއްމަތަށް ޖެހިފައިވާ މުސީބާތްތަކުން ސަލާމަތްކުރެއްވުމަށް އެދި ދުއާކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެދިވަޑައިގެންފިއެވެ.

Advertisement

ރައީސް ޔާމީންއާ އެމަނިކުފާނުގެ އަނބިކަނބަލުންގެ ފަރާތްޕުޅުން ދިވެހި އެންމެހާ ރައްޔިތުންނަށް ފިތުރު އީދުގެ ތަހުނިޔާ އަރިސްކުރައްވާ ފޮނުއްވި މެސެޖުގައި ވަނީ، އެމަނިކުފާނާ އަދި އާއިލާގެ ނަމުގައި އީދުގެ ހެޔޮ އެދުމާ މުބާރަކުބާދު ރައްޔިތުންނަށް އަރިސް ކުރައްވާފައިވެއެވެ.

ރަމަޟާން މަހުގެ ރޯދައިގެ ބަރަކާތާ އެކު ހުރިހާ ރައްޔިތުންނާ ބައްދަލުކުރާ ފިޠުރު އީދަކީ އުފާވެރި ވަގުތުތަކެއް ނަމަވެސް ރޯދަ މަހެކޭ އެއް ފަދައިން އަޅުކަމުގެ ކަންކަމުގައި ހުރިހާ ރައްޔިތުންވެސް ޝާމިލުވެ އުޅުމަށް ރައީސް ޔާމީންގެ މެސެޖުގައި އިލްތިމާސްކުރައްވާފައިވެއެވެ.

މީގެ އިތުރުން އިސްލާމީ އުއްމަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކުގެ މަތިން ހަނދާންކޮށް ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރުވަމުން ގެންދާ އަނިޔާއިން އެ މުސްލިމު އަޚުންނާ އުޚުތުން ސަލާމަތްކޮށްދިނުމަށް އެދި ދުއާ ކުރުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved