March 20, 2026
Advertisement
-
- / އަލްޖަޒީރާ

ހޮރްމުޒް ކަނޑުއޮޅި އެމެރިކާއަށްވެސް ހުޅުވޭނެ ގާބިލުކަން ނެތް: އެމެރިކާގެ ޕްރޮފެސަރު މީއާރޝައިމަރ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 19, 2026, 10:16 PM
މާލެ ސިޓީ

ދުނިޔޭގެ މަޝްހޫރު ޕޮލިޓިކަލް ސައިންސްވެރިޔާ އަދި އިންޓަރނޭޝަނަލް ރިލޭޝަންސްގެ މާހިރު ޕްރޮފެސަރު ޖޯން މީއާރޝައިމަރ، މެދުއިރުމަތީގެ މަސްރަހާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅެއްގައި، އީރާނުގެ އަސްކަރީ ބާރުވެރިކަމާއި ހޮރްމުޒް ކަނޑުއޮޅީގެ ނާޒުކުކަމާ ބެހޭގޮތުން މުހިންމު ހަގީގަތްތަކެއް ހާމަކުރައްވައިފިއެވެ.

Advertisement

ޕްރޮފެސަރު މީއާރޝައިމަރ ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ އެންމެ ބާރުގަދަ ކަނޑުގެ ސިފައިން ކަމަށް ދައުވާކުރާ އެމެރިކާގެ އަސްކަރިއްޔާއަށް ވެސް، އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފި ހާލަތެއްގައި އަމިއްލައަށް އެތަން ހުޅުވޭނެ ފަދަ ގާބިލުކަމެއް ނެތެވެ.

"މިކަމުން އަޅުގަނޑުމެން މިތިބީ ހާލަތުގެ ބޮޑުކަން ހާމަވެގެންދޭ،" އޭނާ ވިދާޅުވިއެވެ.

މި ވާހަކަފުޅުން ދޭހަވަނީ، އެމެރިކާގެ އިސް ސިޔާސީ އަދި އަސްކަރީ މާހިރުން ވެސް އީރާނުގެ އަސްކަރީ ފެންވަރާއި، އެ ސަރަހައްދުގައި އީރާނަށް އޮތް ބާރުވެރިކަން ގަބޫލުކުރާ ކަމެވެ. ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ، އިސްތިރާތީޖީ ގޮތުން ނުހަނު މުހިންމު ތަނެކެވެ.

އީރާނުން މިހާރު ގެންގުޅޭ އެންޓި-ޝިޕް މިސައިލްތަކާއި، ޑްރޯން އަދި ކުދި އަވަސް އުޅަނދުފަހަރުގެ ސަބަބުން، އެމެރިކާގެ ބިޔަ މަނަވަރުތަކަށް އެ ސަރަހައްދުގައި ހަރަކާތްތެރިވުމަކީ ބޮޑު ނުރައްކަލަކަށް ވެފައިވާ ކަމަށް މާހިރުން ދެކެއެވެ. ޕްރޮފެސަރު މީއާރޝައިމަރގެ މި ބަޔާނަކީ، މެދުއިރުމަތީގައި އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި، އީރާނުގެ ރައްދު ހަމަލާއެއް އަތުވެއްޖެނަމަ ކުރިމަތިވެދާނެ އިގްތިސާދީ އަދި އަސްކަރީ ނުރައްކަލުގެ ބޮޑުކަން ހަނދާންކޮށްދިން ކަމެކެވެ.

މި މައްސަލައަކީ މުޅި ދުނިޔޭގެ ހަކަތައިގެ ބާޒާރާ ގުޅިފައިވާ ކަމަކަށް ވާއިރު، އީރާނުގެ މި ބާރުވެރިކަމަކީ ހުޅަނގުގެ ގައުމުތަކުން ނުހަނު ކަންބޮޑުވާ، ނަމަވެސް އިއުތިރާފުވާން މަޖުބޫރުވެފައިވާ ހަގީގަތެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved