March 11, 2026
Advertisement
ސްޕޭސް ވަން ރޮކެޓު ގޮވުން
ސްޕޭސް ވަން ރޮކެޓު ގޮވުން / އޭޕީ

ޖަޕާނުގެ ޕްރައިވެޓް ކުންފުނިން ފޮނުވި ފުރަތަމަ ރޮކެޓް ސިކުންތުކޮޅެއްތެރޭ ގޮވައިފި

Azzama
އައްޒާމާ
Mar 13, 2024, 06:08 PM

ޖަޕާނުގެ ޓޯކިޔޯގައި ސްޕޭސް ވަން ސްޓާޓްއަޕުން ކުޑަ ރޮކެޓެއް ފޮނުވާލިތާ މާގިނައިރުތަކެއް ނުވެ ގޮވައި ކުދިކުދިވެއްޖެ އެވެ. މިއީ ޖަޕާނުން ޖައްވަށް ރޮކެޓު ފޮނުވަން މަސައްކަތް ކުރާ އެންމެ ފުރަތަމަ އަމިއްލަ ކުންފުންޏެވެ.

Advertisement

18 މީޓަރު (60 ފޫޓު) ދިގު ހަތަރު ސްޓޭޖުގެ ސޮލިޑް ފިއުލް ރޮކެޓް ކައިރޯސް އަންގާރަ ދުވަހުގެ ހެނދުނު 11.01 ގައި (02:01 ޖީއެމްޓީ) އުދުއްސާލިތާ ސިކުންތުކޮޅެއް ފަހުން ގޮވައިގެން ލައިވްސްޓްރީމް ސްކްރީންތަކުގައި އަލިފާންގަނޑާއި ދުން ވިލާތަކުގެ ތަސްވީރުތައް ފުރިފައިވެ އެވެ. ސްޕްރިންކްލަރުން ފެން ސްޕްރޭ ކުރަން ފެށުމުން ވަށައިގެންވާ ފަރުބަދަތަކުގެ މައްޗަށް އަނދަމުންދާ ކުނިތައް ވެއްޓިފައިވާތަން ފެނުނެވެ.

ސްޕޭސް ވަން އިން ބުނީ ޖަޕާނުގެ ހުޅަނގުގައި އޮންނަ ފަރުބަދަމަތީ ކިއީ ޕެނިންސުލާއިން ފޮނުވާލި ފްލައިޓް "މެދުކެނޑިފައިވާ" ކަމަށާއި އެ ހާލަތު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ގޮވަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް، އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވޭތޯ ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ސްޕޭސް ވަން އިން ބުނެފައިވާ ގޮތުގައި މި ލޯންޗަކީ އޮޓޮމެޓިކް ލޯންޗެއް ކަމަށާއި ގްރައުންޑް ކޮންޓްރޯލް ސެންޓަރުގައި ތިބީ އެންމެ ދިހަވަރަކަށް މުވައްޒަފުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved