May 9, 2026
Advertisement
މިހާ އަވަހަށް ރިފަރަންޑަމް އައުމަކީ ކަންބޮޑުވުން އުފެދޭ ކަމެއް: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު
މިހާ އަވަހަށް ރިފަރަންޑަމް އައުމަކީ ކަންބޮޑުވުން އުފެދޭ ކަމެއް: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު / ތޭރަ އޮންލައިން

މިހާ އަވަހަށް ރިފަރަންޑަމް އައުމަކީ ކަންބޮޑުވުން އުފެދޭ ކަމެއް: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 20, 2026, 04:33 PM
މާލެ ސިޓީ

ސަރުކާރެއްގެ މިހާ ކުރި ކޮޅު ރިފަރަންޑަމް ވޯޓެއް ނަގަން އުޅުމަކީ ކަންބޮޑުވުންތަކެއް ހުރިކަމެއް ކަމަށް މާލޭގެ މޭޔަރު ކަމަށް ނުކުންނަވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ޒަރިޔަންދު މިފަދައިން ވިދާޅުވީ ޓޯކު ވިތު ޒަރިޔަންދުގެ ނަމުގައި ކުރިއަށް ގެންދާ ޕޮޑްކާސްޓުގައި ވާހަަކަ ދައްކަވަމުންނެވެ.

އެގޮތުން ޒަރިޔަންދު ވިދާޅުވި ގޮތުގައި، ރެފަރަންޑަމް ނަގަން އުޅުމުގައި ސަރުކާރުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ. ދެ އަހަރާ ބައި ވެގެން ސަރުކާރަށް ދިޔައިރު ރައީސްކަމުގައި ހުންނަވާ ޑރ މުހައްމަދު މުއިއްޒު ވަނީ ގާނޫނުއަސާސީއަށް ގިނަ އިސްލާހުތަކެއް ގެންނަވާ ތިންބާރުވެސް އަތަށް ނަންގަވާފައި ކަމަށާ އެހެންކަމުން މިހާރު އަނެއްކާ ދެ އިންތިހާބު އެއްކޮށްލައިގެން ކުރަން އުޅޭ ކަމަކާ ގުޅޭ ގޮތުން ބޮޑެތި ސުވާލުތައް އުފެދޭ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

އެއީ ރައްޔިތުންވެސް ވިސްނަން ޖެހޭ ކަމެއްކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވީ، މިހާ އަވަހަށް ރިފަރަންޑަމް އައުމަކީ ކަންބޮޑުވުން އުފެދޭ ކަމެއް ކަމަށެވެ.

ޒަރިޔަންދު ވަނީ މިހާރުވެސް ގައުމުގައި އޮތް ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ގޯސްކަން ފާހަގަކުރައްވާ، ދިވެހިރާއްޖޭގައި ރަނގަޅު ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް އޮންނަ ނަމަ މިރާއްޖެ މިހާ ބޮޑު ދަރަނިވެރިކަމެއްގެ ތެރެއަކަށް ނުދާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved