May 9, 2026
Advertisement
ދިރިއުޅެވޭ ސިޓީއެއް ބިނާކޮށް، ކަރާމާތާއެކު ޒުވާނުން ވަޒީފާތަކާ ގުޅުވައިދޭނަން: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު
ދިރިއުޅެވޭ ސިޓީއެއް ބިނާކޮށް، ކަރާމާތާއެކު ޒުވާނުން ވަޒީފާތަކާ ގުޅުވައިދޭނަން: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު / ތޭރަ އޮންލައިން

ދިރިއުޅެވޭ ސިޓީއެއް ބިނާކޮށް، ކަރާމާތާއެކު ޒުވާނުން ވަޒީފާތަކާ ގުޅުވައިދޭނަން: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު

Mar 21, 2026, 01:32 PM
މާލެ ސިޓީ

ދިރިއުޅެވޭ ސިޓީއެއް ބިނާކޮށް، ކަރާމާތާއެކު ޒުވާނުން ވަޒީފާތަކާ ގުޅުވައިދިނުމަކީ އެނާގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި ވާނެ ކަމަށް މާލޭގެ މޭޔަރު ކަމަށް ނުކުންނަވާ ހުންނެވި ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ޒަރިޔަންދު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ޒަރިޔަންދުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، މިއަދު މިގައުމުގެ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ވަބާ ކަމަށްވާ މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް ޒުވާނުން ޣަރަގުވެގެންދާން އޭނާގެ މޭޔަރުކަމެއްގައި ދޫކޮށްނުލާނެ ކަމަށާ ޒުވާނުންނަކީ މަސްތުވުމަށް ދެވިހިފާފައިވާ ބައެއްގެ ގޮތުގައި ދޫކޮށްނުލާ އެ ޒުވާނުންނަށް ކަރާމާތްތެރި ކަމާއެކު ދިރިއުޅެވޭނެ ސިޓީކަމަށް މާލެ ހަދައިދޭނެ ކަމަށެވެ.

އެގޮތުން އެންޑީއޭ، ނެއިބަރހުޑް ޕޮލިސް، އަދި ވޯޑް ޓީމުތަކާ ކޯޑިނޭޓްކޮށްގެން، މަސްތުން ސަލާމަތްކުރަން ޖެހޭ ޒުވާނުން ދެނެގަނެ، ތަމްރީނުކޮށް، ވަޒީފާތަކާ ގުޅުވައިދޭނީ، ހުރިހާ އެންމެން ގުޅިގެން ކަމަށް ވެސް ޒަރިޔަންދު ވިދާޅުވެފައިވެއެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު، މިއަދު ވަޒީފާތައް ނުލިބި ކިޔަވައިގެން ތިބި ޒުވާނުން މަގު އޮޅިފައިވާއިރު މިއީ ޒުވާނުންނަށް ލިބޭނެ އުފާވެރިކަމަކަށް ވާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved