March 10, 2026
Advertisement
ޓިކްޓޮކް
ޓިކްޓޮކް / ނިއުޔޯކް ޓައިމްސް

ޓިކްޓޮކް މަނާކުރާ ބިލު އެމެރިކާގައި ފާސްކޮށްފި

Azzama
އައްޒާމާ
Mar 14, 2024, 05:55 AM

ޗައިނާގެ މަޝްހޫރު ވީޑިއޯ އެޕް ޓިކްޓޮކްގެ ހިއްސާ ނުވިއްކާނަމަ މުޅި ގައުމުގައި މަނާކުރާނެ ބިލެއް އެމެރިކާގެ މަޖިލީހުން ބުދަ ދުވަހު ފާސްކޮށްފި އެވެ.

Advertisement

352-65 ވޯޓުން ފާސްކުރި މި ބިލް މިހާރު ސެނެޓަށް ގޮސްފައިވާއިރު، އެ ބިލްގެ ކުރިމަގު ސާފެއް ނުވެ އެވެ.

އެމެރިކާގެ 150 މިލިއަނަށް ވުރެ ގިނަ ޔޫޒަރުން ތިބި ޓިކްޓޮކަކީ ޗައިނާގެ ޓެކްނޮލޮޖީ ކުންފުނި ބައިޓްޑާންސް ލިމިޓެޑް %100 ހިއްސާވާ ކުންފުންޏެކެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ބުނާ ގޮތުގައި ބައިޓްޑާންސް އޮތީ ޗައިނާ ސަރުކާރުގެ މުށުތެރޭގައި ކަމަށާއި އެ ސަރުކާރުން ބޭނުން ވަގުތެއްގައި އެމެރިކާގައި ތިބި ޓިކްޓޮކްގެ ކޮންސިއުމަރުންގެ ޑޭޓާ ހޯދުމަށް ޑިމާންޑް ކުރެވިދާނެ ކަމަށެވެ. މި ކަންބޮޑުވުން އުފެދިފައިވަނީ ޗައިނާގެ ގައުމީ ސަލާމަތާ ބެހޭ ގާނޫނުތަކެއްގައި އެގައުމުގެ ކުންފުނިތަކަށް ސަރުކާރުން އެދިއްޖެ ހިނދެއްގައި ޑޭޓާ ދޭން ޖެހޭ ކަމަށް ބުނާތީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved