
ގދ. ގަދޫ ސްކޫލުގައި ކުރިއަށްދިޔަ ވޯޓުލުމުގެ މަރުކަޒުގައި ހަމަނުޖެހުމެއް ހިނގައި، އެތަނުގެ މަސްލަހަތު ވަގުތީ ގޮތުން ގެއްލިއްޖެއެވެ.
މި ހަމަނުޖެހުން ހިނގަން މެދުވެރިވީ، ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ޚާއްޞަކޮށްފައިވާ ބޫތުތައް ހުރި ގޮތުން، ވޯޓުގެ ސިއްރުކަން ނުހިފޭ ކަމަށް ބުނެ އެތަނަށް ވަދެގަތް ބަޔަކު ބޫތުތަކުގެ ތަރުތީބަށް ބަދަލު ގެންނަން އުޅުމާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ވޯޓުލާ މަރުކަޒުގެ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ބުރޫއެރުންތަކެއް ކުރިމަތިވިއެވެ.
ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން މިހާރު ވަނީ އެ ސަރަހައްދު ކޮންޓްރޯލްކޮށް، މަސްލަހަތު އާންމު ހާލަތަކަށް ގެނެސްފައެވެ. އަދި ވޯޓުލުމުގެ ކަންކަން އަލުން އަމާންކަމާއެކު ކުރިއަށްގެންދިއުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.




