April 3, 2026
Advertisement
.
.

500ގެ ނޫޓުތައް ކުރު، ބައެއް ގަނޑު ދިގު, ފައިސާ ޗާޕުކުރިކަން ފަޅާއަރައިފި

Yana Shareef
ޔާނާ ޝަރީފް
Apr 3, 2026, 09:04 PM

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ދައުރުކުރަމުންދާ 500 ރުފިޔާގެ ނޫޓުތަކުގެ ފެންވަރު ދަށްވެ، ނޫޓުތަކުގެ ސައިޒު އެކިވަރުގައި ހުރުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ.

Advertisement

"ރަންދިހަފަހެއް" ސީރީޒްގެ ނޫޓުތައް ބޭނުންކުރަން ފެށިތާ އަހަރުތަކެއް ވެފައިވާއިރު، މިހާރު ދައުރުވަމުންދާ ގިނަ ނޫޓުތަކެއްގެ ބައްޓަން ބަދަލުވެ، ބައެއް ނޫޓުތައް ކުރުވެފައި އަދި އަނެއްބައި ނޫޓުތައް އާދަޔާ ހިލާފަށް ދިގުކޮށް ހުރުމަކީ ފައިސާގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ވަކިން ހާއްސަކޮށް، ބާޒާރުމަތީގެ މުއާމަލާތްތަކުގައި ސައްހަ ނޫޓާއި ވަގު ނޫޓު ވަކިކުރަން ނޭނގޭ މިންވަރަށް ނޫޓުތަކުގެ ފެންވަރު ވެއްޓިފައިވާކަމަށް ބުނެ އާންމު ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރާއި މާލީ އިދާރާތަކުން އެކަށީގެންވާ ޖަވާބެއް ނުދީ ހަނު ތިބުމަކީ، ފައިސާ ޗާޕުކުރުމުގައި ގެންގުޅޭ މިންގަނޑުތަކާމެދު ސުވާލު އުފެދޭ ކަމެކެވެ. އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ގައުމެއްގެ ފައިސާގެ ނޫޓުތަކަކީ އެއް މިންގަނޑަކަށް، އެއް ފެންވަރެއްގައި ހުންނަންޖެހޭ އެއްޗަކަށް ވާއިރު، މިހާރު ފެންނަ ތަފާތުތަކަކީ އިހުމާލުގެ ބޮޑު މައްސަލައެކެވެ. ނޫޓުތަކުގެ ދިގުމިނާއި ފުޅާމިނުގައި ހުންނަ މިފަދަ އުނިކަންތައްތަކުގެ ސަބަބުން، އޮޓޮމެޓިކް މެޝިންތަކުން ފައިސާ ބަލައިގަތުމުގައި ދަތިތައް ކުރިމަތިވެ، އާންމު ރައްޔިތުން އަތުން ފައިސާ ބޭކާރުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ކަންމިހެން ހުރިއިރު، މަރުކަޒީ ބޭންކުން މިކަމުގައި އިހުމާލުވަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ނޫޓުތަކުގެ ފެންވަރު ހިފެހެއްޓުމަކީ އެމްއެމްއޭގެ އަސާސީ ޒިންމާއަކަށް ވާއިރު، އެކި ސައިޒުގެ ނޫޓުތައް ބާޒާރުގައި ދައުރުވުމަކީ ވަގު ނޫޓު އުފައްދާ ފަރާތްތަކަށް ލިބޭ ރަން ފުރުސަތެކެވެ. ރައްޔިތުންގެ ޖީބުގައި ހުރި ފައިސާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ބަދަލުގައި، މިފަދަ އުނި ނޫޓުތައް ބާޒާރުން ނުނަގައި ދައުރުކުރަން ދޫކޮށްލާފައި އޮތުމަކީ މި ސަރުކާރުގެ މާލީ ސިޔާސަތު ފެއިލްވެފައިވާ މިންވަރުކަމަށް ގިނަ ބަުޔަކު ގަބޫލު ކުރެއެވެ.

ހަމައެހެންމެ ފައިސާ ޗާޕުނުކުރާ ކަމަށް ސަރުކާރުން ބުނަމުންދާ ދިއުމަކީ ދޮގެއްކަން ހާމަކަން ބޮޑުގޮތެއްގައި މިކަމުން ފާހަގަވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved