April 8, 2026
Advertisement
ފަގީރު ސޭޓު، ގޭހުގެ އަގު ބޮޑުކުރަން ނިންމައިފި
ފަގީރު ސޭޓު، ގޭހުގެ އަގު ބޮޑުކުރަން ނިންމައިފި / ސޯޝަލް މީޑިއާ

ފަގީރު ސޭޓު، ގޭހުގެ އަގު ބޮޑުކުރަން ނިންމައިފި

Apr 6, 2026, 06:51 PM
މާލެ ސިޓީ

ރާއްޖޭގެ އެންމެ މުއްސަދި އެއް މަހުޖަނުކަމުގައިވާ ގާސިމް އިބްރާހިމުގެ ކުންފުނި ވިލާއިން ވިއްކާ ކައްކާ ގޭހުގެ އަގުބޮޑުކުރަން އެ ކުންފުނިން ނިންމާފައިވާކަމަށް އަޑުތައް ފެތުރިއްޖެއެވެ.

Advertisement

މެދު އިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ ހަކަތައިގެ ސިނާޢަތުގެ ސަޕްލައިއަށް އަރާފައިވާ ލޮޅުންތަކުން ލިބެމުން އަންނަ ގެއްލުންތައް ފޫބެއްދުމަށް ކަމަށް ބުނެ މަހުޖަނު ގާސިމްގެ ކުންފުނިން ކައްކާ ގޭުގެ އަގު ބޮޑުކުރަން ނިންމާފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށްވެއެވެ.

އެގޮތުން ވިލާގޭހުން ވިއްކާ ގޭހުގެ އަގު ބުރާސްފަތި ދުވަހުން ފެށިގެން ގާތްގަނޑަކަށް ދެގުނަ ބޮޑުވާނެ ކަމުގައި ވިލާގޭސް ގެ ކަސްޓަމަރުންނަށް އެކުންފުނިން އަންގަން ވަނީ ފަށާފައެވެ.

ކުންފުނިން ކަސްޓަމަރުންނަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައި ވަނީ، އޭޕްރީލް 9 ވަނަ ދުވަހުން ފެށިގެން އާއްމު ގޭބިސީތަކުގައި ބޭނުންކުރާ ސައިޒު ކަމަށްވާ، 10 ކިލޯގެ ގޭސްފުޅި ދެން ވިއްކާނީ 350ރ އަށް ކަމަށެވެ. މިހާރު ވިލާހަކަތައިން 10 ކިލޯގެ ގޭސް ފުޅިއެއް ވިއްކަނީ، 200ރ އަށެވެ. އެހެން ކަމުން މިއީ ނިސްބަތުން %75ގެ އަގު ބޮޑުވުމެކެވެ.

ނަމަވެސް ކުންފުނިން ވިއްކާ އެހެން ސައިޒުތަކުގެ ގޭސްފުޅިތަކުގެ އަގަށް ބަދަލެއް އަންނާނެ ކަމެއް ނޫން ކަމެއްވެސް ކުންފުނިން އަދި އަންގާފައިނުވެއެވެ.

ވިލާއިން 3 ސައިޒެއްގެ ފުޅީގައި ގޭސް ވިއްކައެވެ. މިގޮތުން އެކުންފުނިން މިހާރު، 4 ކިލޯގެ ކުޑަ ގޭސްފުޅި ވިއްކަނީ 90ރ އަށެވެ. 10ކިލޯގެ ފުޅި ވިއްކަނީ، 200ރ އަށެވެ. އަދި 22 ކިލޯފެ ގޭސްފުޅި 495ރއަށް ވިއްކާއިރު، 45 ކިލޯގެ އެންމެ ބޮޑެތި ގޭސްފުޅި ވިއްކަނީ، 1،170ރ އަށެވެ.

ގޭހުގެ އަގަށް މިއަންނަ ބަދަލުތަކާއި އެކު، ކާބޯތަކެތީގެ ވިޔަފާރިކުރާ ހޮޓާ ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުން ވިއްކާ ކާބޯތަކެތީގެ އަގުތައްވެސް ބޮޑުވެގެންދާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved