April 7, 2026
Advertisement
-
- / ދައުރު

އެޗްޑީސީގެ ޑީއެމްޑީ އަސްބާހުވެސް މަގާމުން ވަކިކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 6, 2026, 08:57 PM
މާލެ ސިޓީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަސްބާހު އަލީ ނަސީރު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، އަސްބާހު މަގާމުން ވަކިކުރުމަށް ނިންމާފައިވަނީ އެޗްޑީސީގެ ބޯޑުންނެވެ.

މި ސަރުކާރު އައިފަހުން އަސްބާހު ވަނީ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ ޑީއެމްޑީގެ މަގާމުވެސް ފުރުއްވާފައެވެ. އޭނާ އެޗްޑީސީގެ މަގާމަށް ބަދަލުކުރެވުނީ، އެ ކުންފުނީގެ ކުރީގެ އެމްޑީ މައުރޫފް ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެން، އާރުޑީސީގެ އެމްޑީއަކަށް ހުންނެވި އަހުމަދު ޒުހައިރު އެޗްޑީސީގެ އެމްޑީގެ މަގާމަށް ބަދަލުކުރި ދުވަސްވަރުގައެވެ.

ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް މި ބަދަލުތައް އަންނަން ފަށާފައިވަނީ، ހޮނިހިރު ދުވަހު ބޭއްވުނު އިންތިހާބުތަކުގައި ސަރުކާރަށް އެދެވޭ ނަތީޖާއެއް ނުލިބި، ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމާ ގުޅިގެން ކަމަށް ބެލެވެއެވެ. މިގޮތުން ކުންފުނިތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

މި ރޯޅީގައި ސަރުކާރުން ވަނީ އެހެން ބައެއް ކުންފުނިތަކުގެ އިސްވެރިންނަށްވެސް ބަދަލުތައް ގެނެސްފައެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ނަޖާހު އާއި އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ އެމްޑީ ހުސައިން ދީދީ މަގާމުން ވަކިކުރުން ހިމެނެއެވެ. މީގެ އިތުރުން، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާނަށްވެސް މަގާމުން އިސްތިއުފާ ދިނުމަށް ސަރުކާރުން އަންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved