

އެސަސް ޒެންފޯން ލައިނަޕް އިން ފާއިތުވި މަދު އަހަރުތަކުގައި މަޝްހޫރުވެފައިވަނީ ވަނީ އަގު ހެޔޮ ރަނގަޅު ފްލޭގްޝިޕް ކުޑަ ފޯނެއް ގޮތުގަ އެވެ. ނަމަވެސް އެކަން ނިމި، އެސަސް ޒެންފޯން 11 އަލްޓްރާ މިއަދު ލޯންޗުކޮށްފައިވަނީ ބޮޑު ޑިސްޕްލޭއަކާއި އެއަށްވުރެ ބޮޑު އަގަކާއެކުގައެވެ.
އެސަސް ޒެންފޯން 11 އަލްޓްރާގައި 6.78 އިންޗީގެ އެފްއެޗްޑީ+ އެމޮލެޑް ޑިސްޕްލޭއެއް ހިމެނޭއިރު، މިއީ 120ހާޓްޒް ރިފްރެޝް ރޭޓްގެ 2،500 ނިޓްގެ އަލިކަން ލިބޭ ޑިސްޕްލޭއެކެވެ. އެއީ ސޮލިޑް ޕެނަލެއް ނަމަވެސް ޒެންފޯން 10 އާ އަޅާބަލާއިރު ވަރަށް ބޮޑު ޕެނަލެކެވެ. ޒެންފޯން 10 ގައި ކޮމްޕެކްޓް 5.92 އިންޗީގެ ޑިސްޕްލޭއެއް ހުރުމުން ޖުމްލަކޮށް އެއީ ވަރަށް ކުޑަ ފޯނެކެވެ.
އެސަސް އަލްޓްރާ އަކީ ރީސްކިންޑް އެސަސް ރޯގް ފޯން 8 އެކެވެ. މި ދެފޯނުގެ ޑިޒައިނާއި، ސްޕޯކްސް އަދި ޑިސްޕްލޭ އެއްގޮތެވެ. ހަމައެކަނި ތަފާތު ފެންނަނީ ސޮފްޓްވެއަރ އާއި ފޯނުގެ ފިނިޝިންގ އިންނެވެ.
މި ފޯނުގައި ހިމެނެނީ އެންމެ ފަހުގެ ސްނެޕްޑްރެގަން ޖެން 3 ގެ ޗިޕްސެޓެކެވެ. އަދި 65 ވޮޓްގެ ވަޔަރޑް ޗާޖިން އަދި 15 ވޮޓް ވަޔަލެސް ޗާޖު ކުރެވޭއިރު 5،500 އެމްއޭއެޗްގެ ބެޓެރީން 26 ގަޑިއިރު ވަންދެން ބެޓެރީ ލައިފް ލިބޭނެ ކަމަށް ވެސް އެސަސް އިން ބުނެ އެވެ. މެމޮރީގައި 12ޖީބީގެ ރެމް އާއި 256ޖީބީގެ ސްޓޯރޭޖް އެކުލެވިގެން ވެއެވެ.
ސްޕެކް ތަކަށް ބަލާއިރު 50އެމްޕީގެ ޕްރައިމަރީ ކެމެރާއަކާއި، 32އެމްޕީގެ 3އެކްސް ޓެލެފޮޓޯ ކެމެރާއަކާއި، 13އެމްޕީގެ އަލްޓްރާވައިޑް އެއް ހިމެނެއެވެ. މުޅި ޑިވައިސް އަކީ އައިޕީ68 ވޯޓަރ/ޑަސްޓް ރެސިސްޓެންޓް ޑިވައިސްއެއް، ފޮށީގައި ހިލޭ ކޭސްއެއް ވެސް ހިމެނެއެވެ. އެމެރިކާގައި މި ޑިވައިސް އިން އޭޓީއެންޑްޓީ އަދި ޓީ-މޯބައިލް ނެޓްވޯކްތަކަށް ސަޕޯޓް ކުރާއިރު، އެއްފަހަރާ ދެ ފޯނު ނަންބަރު ބޭނުން ކުރުމަށް ޑައުއަލް ސިމް ޑައުއަލް ސްޓޭންޑްބައި ވެސް ހުރެ އެވެ.
އެމެރިކާގައި އެސަސް ޒެންފޯން 11 އަލްޓްރާގެ އަގަކީ 899 ޑޮލަރެވެ. އެއީ ޒެންފޯން 10 ގެ 699 ޑޮލަރުގެ އަގަށް ވުރެ މާ ބޮޑު އަގެއް ނަމަވެސް އަދިވެސް ޕިކްސެލް 8 ޕްރޯ އަދި ގެލެކްސީ އެސް24 އަލްޓްރާ ފަދަ އެހެން ބައެއް ޑިވައިސްތަކަށް ވުރެ ދަށް އަގެކެވެ.