
ފ. ފީއަލީ ބަނދަރުމަތީގައި ހުންނަ ޕެޓްރޯލްޝެޑާއި އަޅާފައި އޮތް ބައެއް ދޯނިތަކުގައި ރޯވެ އަނދަމުން އެބަދެ އެވެ.
މައުލޫމާތު ލިބުނުގޮތުގައި ފުރަތަމަ ރޯވީ، ޝެޑަށް ތެޔޮ އަޅަން ގާތްކޮށްފައި އޮތް ބީރައްޓެހި ދޯންޏެއްގަ އެވެ. އެކަމަކު ރޯވާން ދިމާވި ގޮތް އަދި ނޭނގެއެވެ.
އެ ސަރަހައްދުގައި ހުރި ފެން ޕްލާންޓްގައި ވެސް މިހާރު ވަނީ ހުޅުހިފާފަ އެވެ.
ފީއަލީގައި އަލިފާން ނިއްވޭ ނިޒާމެއް ނެތުމުން، އެ އަތޮޅު ނިލަންދުއިން ސިފައިން މިހާރު ދަނީ ދަތުރުކުރަމުންނެވެ.
ފުލުހުން ބުނީ މި ހާދިސާގައި ބިދޭސީއަކަށް އަނިޔާވެ ފިހުމާ ގުޅިގެން ފީއަލީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ.




