
މާލޭގެ ލޮނުޒިޔާރަތްމަގުގައި ހުންނަ "ލިންޗްޕިން" ފިހާރަ ކައިރީގައި ހުރި ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ސިފައިން މިހާރު ކުރަމުންދާ މަސައްކަތަކީ ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްކޮށް، އިތުރު ތަންތަނަށް ފެތުރުނަނުދީ ހުއްޓުވުމެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ވެސް އަދި ކަށަވަރެއް ނުވެއެވެ.
އެ ސަރަހައްދުގައި މިހާރު ގިނަ އަދަދެއްގެ އާންމުން އެއްވެފައިވާއިރު، ފުލުހުން ދަނީ އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓައި، ސަލާމަތީ ކަންކަން ވަރުގަދަކުރަމުންނެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް ކަމާބެހޭ އިދާރާތަކުން ހާމަކުރަމުންދާ ވަރަކަށް ލިބެމުންދާނެއެވެ.




