July 5, 2026
Advertisement
ރައީސް މުއިއްޒުއާ އާއިލާއިން ދައުލަތް ލޫޓުވަނީ، ރައްޔިތުން ތިބީ ނިކަމެތިކަން މަތީގައި: ޑރ ޖަމީލު
ރައީސް މުއިއްޒުއާ އާއިލާއިން ދައުލަތް ލޫޓުވަނީ، ރައްޔިތުން ތިބީ ނިކަމެތިކަން މަތީގައި: ޑރ ޖަމީލު / ސޯޝަލް މީޑިއާ

ރައީސް މުއިއްޒުއާ އާއިލާއިން ދައުލަތް ލޫޓުވަނީ، ރައްޔިތުން ތިބީ ނިކަމެތިކަން މަތީގައި: ޑރ ޖަމީލު

Jul 4, 2026, 04:28 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުއާ އެމަނިކުފާނުގެ އާއިލާއިން ގެންދަނީ ިދިވެހ ދައުލަތް ލޫޓުވަމުން ކަމަށް ކުރިގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލު ވަނީ ދައުލަތުގެ ބާރުތަކުގެ ތެރޭގައި ކޮރަޕްޝަން އޮތް މިންވަރަށް ނަޒަރު ހިންގަވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ، ރައީސް މުއިއްޒުގެ މައްޗަށް ފުލުފުލުގައި ކުރެވޭ އެންމެ ބޮޑު ތުހުމަތަކީ ކޮރަޕްޝަނާ ރިޝްވަތުގެ ތުހުމަތުކަން ފާހަގަކުރައްވާފައެވެ.

ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނޮޅިވަރަމް ދާއިރާގެ ކުރިގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ދެއްކެވި ވާހަކައަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވަނީ. މޮސްޓަ އޭނާގެ ވާހަކައިގައި ރައީސް މުއިއްޒުއަށާ ކޮއްކޯފުޅަށް ކުރެއްވި ތުހުމަތުން މުޅި އާއިލާ އުޅެނީ ހަރާމް އެއްޗެހި ހޯދުމުގައި ކަން ތުހުމަތުކުރެވޭކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޑރ ޖަމީލު ވަނީ، ރައްޔިތުން ވަނީ ވަރަށް ދެރަވަރު ހާލަތަކަށް ވެއްޓިފައިވާ ކަމަށާ އެހާ ޙާލުގައި ރައްޔިތުންނާ ގައުމުވެސް ޖެހިފައިވަނީ، ރައީސް މުއިއްޒާ އާއިލާގެ ފަރާތުން ދައުލަތް ލޫޓުވުމުގައި ފެންބޮވައިގެން އުޅޭތީކަމަށް ކުރެވޭ ތުހުމަތަށް ބާރު ލިބޭ އެތަކެއް ހެކިތަކެއް އެބަހުރި އެބަހުރި ކަމަށް ވިދާޅުވެފައެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، މި ގައުމު އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ތަކްލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved