July 3, 2026
Advertisement
މުއިއްޒުއާ އެކު ޕީއެންސީގެ ސަރުކާރު ދެމި އޮންނާނެ ކަމަށް ހީކުރުމަކީ ކުށް ހީއެއް: ރައީސް ޔާމީން
މުއިއްޒުއާ އެކު ޕީއެންސީގެ ސަރުކާރު ދެމި އޮންނާނެ ކަމަށް ހީކުރުމަކީ ކުށް ހީއެއް: ރައީސް ޔާމީން / އަދަދު

މުއިއްޒުއާ އެކު ޕީއެންސީގެ ސަރުކާރު ދެމި އޮންނާނެ ކަމަށް ހީކުރުމަކީ ކުށް ހީއެއް: ރައީސް ޔާމީން

Jul 3, 2026, 02:40 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ޕީއެންސީގެ މި ސަރުކާރު ދެމި އޮންނާނެ ކަމަށް ހީކުރަމީ ކުށް ހީއެއް ކަމަށް އެ ޕާޓީ އުފެއްދުމުގެ ބާނީ ރައިސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެގޮތުން އެމަނިކުފާނު ވަނީ، ޕީއެންސީ އުފެދިގެން އައި ގޮތަށް ނަޒަރު ހިންގަވާ ލައްވާ އެ ޕާޓީއަކީ ޕާޓީއެއްގެ ގޮތުގައި އުފެދުނު އިރު އޭގެ ޒާތުގައި އެއީ "ދޮންދަރިއެއް" ފަދަ ޕާޓީއެއް ކަމަށް ވިދާޅުވެފައެވެ.

ޕީއެންސީ އުފެދިގެން އައި ގޮތަށް ނަޒަރު ހިންގަވާ ލައްވާ އެ ޕާޓީއަކީ ޕާޓީއެއްގެ ގޮތުގައި އުފެދުނު އިރު އޭގެ ޒާތުގައި އެއީ "ދޮންދަރިއެއް" ފަދަ ޕާޓީއެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

 މިހާރުގެ ސަރުކާރުން ބާރުގެ ބޭނުންކޮށްގެން މީހުން ޕާޓީއަށް ވައްދައި، އަމިއްލަ ޒާތީ މައުލޫމާތު ނާޖާއިޒުކޮށް ބޭނުންކުރަމުންދާ ކަމަށް އެމަނިކުފާނު ތުހުމަތުކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ޕާޓީއެއް ހިންގުމުގައި ރައްޔިތުންގެ އިތުބާރު އޮތުން މުހިންމު ކަމަށެވެ. ހަމަ އެހެންމެ ޕާޓީގެ މެމްބަރުން ވަކިކުރުމާއި، އެކި ކަންކަމުގައި ޕީއެންސީއިންނާ ސަރުކާރުންވެސް އަނިޔާވެރި އަމަލުތައް ހިންގަމުންދާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ތާޢީދާއި އިތުބާރު ނެތް ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ އެހެންކަމުން އިތުބަރާ ޔަގީންކަމެއް އެ ސަރުކާރެއްގެ މައްޗަށް ނެތް ސަރުކާރެއް ދެމިއޮންނާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށާއި، ގާނޫނާއި އިންސާފު އެންމެންނާ ވެސް އަރާ ހަމަކުރާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved