June 9, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުޢިއްޒު މަގާމުގައި ހޭދަކުރައްވާ ކޮންމެ ސިކުންތަކީ ގައުމަށް ލިބޭ ބޮޑު ގެއްލުމެއް، އިސްތިއުފާ ދީ: ޑރ ޖަމީލް

Aiminath Sarah
އައިމިނަތް ސާރާ
Apr 11, 2026, 11:52 AM
މާލެ ސިޓީ

ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ރައީސް މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައި ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުޢިއްޒު މަގާމުގައި ހޭދަކުރައްވާ ކޮންމެ ސިކުންތަކީ ގައުމަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ. އަދި މި ސަރުކާރުން ގައުމު ފޭރިގަނެ، ފައިސާ ވަގަށް ނަގައި، ކޮރަޕްޝަން އާލާކުރަމުންދާ ކަމަށްވެސް ޑރ ޖަމީލް ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، އެމްއޭސީއެލް (MACL) ފަދަ ސަރުކާރު ކުންފުނިތަކުގައި ވަޒީފާތައް އުފައްދައިގެން، ރައްޔިތުން ދައްކާ ޓެކްސް ފައިސާ ބޭކާރު ކުރަމުންދާ ކަމަށް ވިދާޅުވެ، ޑރ. ޖަމީލް ވަނީ ރައީސް މުޢިއްޒު މިހާރުން މިހާރަށް އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ބަޔާންކުރައްވާފައެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިފަހުން ދިވެހި ދައުލަތުގެ ބަޖެޓު އަންނަނީ ޕީއެންސީ އާއި މުއިއްޒުގެ އަމިއްލަ ފައިދާއަށް ޚަރަދުކޮށް ރައްޔިތުން އިތުރަށް ނިކަމެތި ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved