April 10, 2026
Advertisement
ވެރިކަން ލިބުމުން މުއިއްޒު އެމީހެއްގެ ގައިގައި ކޮޅުފައިން ޖެހި ސަންޓޯ, ތިމަރަފުށި ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީއާ ދެކޮޅަށް އާއިލާއަށް ކާމިޔާބުކޮށްދީފި
ވެރިކަން ލިބުމުން މުއިއްޒު އެމީހެއްގެ ގައިގައި ކޮޅުފައިން ޖެހި ސަންޓޯ, ތިމަރަފުށި ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީއާ ދެކޮޅަށް އާއިލާއަށް ކާމިޔާބުކޮށްދީފި / ތޭރަގްރެފިކްސް

ވެރިކަން ލިބުމުން މުއިއްޒު އެމީހެއްގެ ގައިގައި ކޮޅުފައިން ޖެހި ސަންޓޯ, ތިމަރަފުށި ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީއާ ދެކޮޅަށް އާއިލާއަށް ކާމިޔާބުކޮށްދީފި

Apr 9, 2026, 09:57 PM
މާލެ ސިޓީ

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ޕާސަނަލް އެސިސްޓެންޓަކަށް އުޅުއްވި އެ ޕީއެންސީގެ ސެނެޓު މެންބަރު، އިބްރާހިމް ސަނާހު (ސަންޓޯ)، ނިމިދިޔަ ކައުންސިލް އިންތިހާބުގައި އެ ރަށު ކައުންސިލް ރައީސްގެ ގޮނޑި އޭނާގެ ބޭބެއަށް ޕީއެންސީއާ ދެކޮޅަށް ނުކުމެ ކާމިޔާބު ކޮށްދީފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަނާހުގެ ބޭބެ، އަހުމަދު ނަސީރު އެ އިންތިހާބަށް ނުކުތީ އަމިއްލަ ގޮތުންނެވެ. ނަސީރު ނުކުތުމާ އެކު ސަރުކާރުން އެ ރަށުގެ އެހެން ހުރިހާ ގޮނޑިއަކަށް ކެމްޕެއިން ކުރުން ހުއްޓާލާ ސީދާ ރައީސްގެ ގޮނޑި ނަސީރަށް ނާކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވެސް ވެއެވެ. އެގޮތުން ފައިސާއާ ވަޒީފާ ބެހުން އޭގެ ތެރޭގައި ހިމެނޭއިރު ސަރުކާރުން ވަނީ ނަސީރުގެ ކެންޑިޑޭންސީ ބާތިލުކުރުމަށް ވެސް ވަރަށް މަސައްކަތްކޮށްފައިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން އެ ގޮނޑިއަށް އެވަަރަށް ފާރަވެރިވީ އެއީ ސަނާހުގެ އާއިލީ މީހަކަށްވެފައި ސަނާހުއަކީ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓު ދިނުމަށް ފަހު އޭނާއާ ދެކޮޅަށް މީހަކު ރައީސް މުއިއްޒުގެ ތާއީދާއެކު ނެރުމުން އެކަމާ ދެކޮޅަސް ސަރުކާރާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، އަދި ފަހުން އޭނާގެ އަނބިމީހާ ވަޒީފާއިން ވެސް ކަނޑާލުމުން ސަރުކާރާ މެދު ގުޅުން ގޯސްވެ ޕާޓީއިން ކެނޑުމަށް އަމިއްލައަށް ހުށަހެޅިވެސް މީހަކަށް ވުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަނާހުއާ އާއިލާ ރަށުގައި ކޭމްޕް ޖަހާ މި އިންތިހާބު ބޭބެއަށް ކާމިޔާބު ކޮށްދިނީ ނުހަނު ގިނަ ގޮންޖެހުންތަކާ ނުފޫޒުތައްވެސް ކުރިމަތިވި ނަމަވެސް ހިތްވަރުކޮށް ކުރިއަށް ގޮސް ރައްޔިތުންގެ ތާއީދާއެކުއެވެ.

ނާސިރު ތިމަރަފުށި ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ކުރީ ވޯޓުލީ މީހުންގެ 34 އިން ސައްތަ މީހުންގެ ވޯޓާ އެކުއެވެ.

ނާސިރުއަށް 420 ވޯޓު ލިބުނު އިރު، އޭނާއާ އެންމެ ކައިރިން ވާދަކޮށްފައިވަނީ، ޕީއެންސީ ކެންޑިޭޓޫ އައިމިނަތު ދުންޔާއެވެ. ދުންޔާއަށް ލިބުނީ 390 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓު އިސްމާއިލް އިބްރާހިމަށް ލިބުނީ 317 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ހުސެއިން ޝަރީފަށް ލިބުނީ 86 ވޯޓެވެ.

މިއީ ސަންޓޯއާ އާއިލާ މުޅި ސަރުކާރާ ފައިސާ އާ ނުފޫޒާ ދެކޮޅަށް ނުކުމެ ހޯދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ރައީސް މުއިއްޒު ސަންޓޯ ބާކީކޮށް ދުރުކޮށްފައި ހުންނަނީ އޭނާއަކީ ރައީސް އަބްދުﷲ ޔާމީނަށް ވަފާތެރިއެއްގެ ގޮތުގައި ތުހުމަތުކޮށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved