April 6, 2026
Advertisement
ވެރިކަން ކުރާ ޕީއެންސީއިން އިންތިހާބުގައި ވަގު ވޯޓު އެޅިކަން ފަލާއަރައިފި
ވެރިކަން ކުރާ ޕީއެންސީއިން އިންތިހާބުގައި ވަގު ވޯޓު އެޅިކަން ފަލާއަރައިފި / ރައީސް އޮފީސް

ވެރިކަން ކުރާ ޕީއެންސީއިން އިންތިހާބުގައި ވަގު ވޯޓު އެޅިކަން ފަލާއަރައިފި

Apr 6, 2026, 06:04 PM
މާލެ ސިޓީ

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުގެ ތެރެއިން ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ، ޕީއެންސީއިން ވަގު ވޯޓުއެޅިކަން ފަޅާއަރައިފިއެވެ.

Advertisement

ޕީއެންސީން ވަގު ވޯޓު އަޅާފައިވަނީ ނ. މަނަދޫގައި ކަމަށްވެއެވެ. އެގޮތުން ވަގު ވޯޓުލާފައި ވަނީ ޕީއެންސީ މަނަދޫ ދާއިރާގެ ނައިބު ރައީސް އަލީ މާޖިދު ކަމަށްވެއެވެ. މާޖިދަކީ މާލޭގެ ރައްޔިތަކަށްވުމުން އޭނާ އިންތިހާބުގައި ވޯޓުލާން ފޮނުވި ކަރުދާސްކޮޅު އިންިތހާޞު ނިމުނުއިރުވެސް އަތްނުލާވާއިރު އޭނާ އިންތިހާބުގައި ވޯޓުލީކަން ފިހުރިސްތުން ނުވަތަ ލިސްޓުން ހާމަވެއެވެ. އޭނާ މި އިންިތހާބުގައި ވޯޓުލުމަށް ހަމަޖެހިފައިއޮތީ މާފަންނު މެދު ދާއިރާއަށެވެ. މަނަދޫއަށް ވޯޓުލާންޖެހޭ މީހުންނަށްވުރެ އިތުރަށް އިތުރު މީހަކު ވޯޓުލާފައިވާކަން އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނަށް ވެސް ކަށަވަރުވެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މާޖިދު އެޅި ވަގު ވޯޓާއެކު  އެއް ވޯޓުގެ ތަފާތަކުން މަނަދޫ އަންހެނުންގެ ކޮމިޓީގެ ޕީއެންސީގެ ކެންޑިޑޭޓަކު ވަނީ އިންތިހާބު ކާމިޔާބުކޮށްފައެވެ. މިއާ އެކު އެމްޑީޕީން ވަނީ ވޯޓު ބާތިލްކޮށް، އަލުން ވޯޓުލެވޭނެގޮތް ހަމަޖައްސަން އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނުގައި އެދިފައެވެ.

މިކަމާ ގުޅިގެން އީސީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ،

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved