April 12, 2026
Advertisement
3 އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކަށް ލިބުނު ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ ކޯޓަށް ދެވޭނެ: އީސީ
3 އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކަށް ލިބުނު ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ ކޯޓަށް ދެވޭނެ: އީސީ / އިލެކްޝަންސް ކޮމިޝަން

3 އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކަށް ލިބުނު ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ ކޯޓަށް ދެވޭނެ: އީސީ

Mariyam Isaadha
މަރިޔަމް އިސާދާ
Apr 11, 2026, 05:43 PM
މާލެ ސިޓީ

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ 3 އިންތިޚާބާ ގުޅޭގޮތުން 170 މައްސަލަ ހުށަހަޅާފައިވާ ކަަމަށާ  ގައުމީ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން، މި ކޮމިޝަނުން ދޭ ޖަވާބަކާ މެދު ހިތްހަމަނުޖެހޭ ކަމުގައި ވަނީ ނަމަ، އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

Advertisement

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ އެހެން އިންތިޚާބުތަކެކޭވެސް އެއްގޮތަށް މި ފަހަރުވެސް އިންތިޚާބު އޮބްޒާވް ކުރުމަށްޓަކައި ލޯކަލް އޮބްޒާވަރުންގެ ގޮތުގައި 1626 ފަރާތަކާއި، ބައިނަލްއަގުވާމީ އޮބްޒާވަރުންގެ ގޮތުގައި 38 ފަރާތަކާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 4021 ފަރާތަކާއި، އިންތިޚާބު ކަންކަން މޮނިޓަރ ކުރެއްވުމަށްޓަކައި 3275 ފަރާތެއް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެހެންކަމުން، އޮބްޒާވަރުންނާއި މޮނިޓަރުން އިންތިޚާބުގެ އެކި މަރުހަލާތަކުގައި އަދާކުރެވޭ މުހިންމު މަސްއޫލިއްޔަތަށް މަރުހަބާއެކު ޒާހިދުވަނީ އިޙުލާސްތެރިކަމާ އެކު ޝުކުރު ދަންނަވާފައެވެ. 

މި އިންތިހާބުތައް ކުރިއަށް ދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކަމަށް ވިދާޅުވެ ޒާހިދު ވިދާޅުވީ އިންތިހާބުތަކުގެ ޝަކުވާއެއްގެ ގޮތުގައި ޖުމުލަ  170 ޝަކުވާ ގައުމީ ކޮމްޕްލަޔަންސް ބިއުރޯއަށް ލިބިފައިވާ ކަމަށާއި، ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މި ޝަކުވާތަކަށް ޖަވާބުދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

ޒާހިދު ވިދާޅުވީ އިންތިހާބާ ގުޅިގެން، ގައުމީ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން، މި ކޮމިޝަނުން ދޭ ޖަވާބަކާ މެދު ހިތްހަމަނުޖެހޭ ކަމުގައި ވަނީ ނަމަ، އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބޭ ކަމަށެވެ. 

އެގޮތުން މައްސަލަތައް ހޮނިހިރު ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.

ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވާއިރު، އިންތިހާބުގެ ކުރިންވެސް އިންތިހާބުގެ އެކި ކަންކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުންނާ އަދި އާންމުންވެސް ހުރި ގޯސްތައް ފާހަގަކޮށް އެކަން އީސިގެ ސަމާލުކަމަށް ގެނައި ނަމަވެސް އެއިން ކަމެއް އިސްލާހުކުރުމަށް އީސީއިން މަސައްކަތްކޮށްފައިނުވެއެވެ.

އެގޮތުން އެންމެ ފުރަތަމަވެސް ޖެހުނު މައްސަލަކަމަށް ވާ އީފާހުން އެކަނި އެޕްލިކޭޝަން ހުށަހެޅޭ މައްސަލައަށް އަޅާވެސް ލާފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved