April 12, 2026
Advertisement
.
.

އެއްބަސްވުމަކަށް ނާދެވޭ، އެމެރިކާގެ ނައިބް ރައީސް އެނބުރި ގައުމަށް

Apr 12, 2026, 10:12 AM

އެމެރިކާ އާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަދި އާދެވިފައި ނުވާ ކަމަށް އެކަމުގައި އެމެރިކާގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވަމުންދާ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ބުނެފިއެވެ.

Advertisement

އެމެރިކާ އާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އައުމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައެވެ. އެ މަޝްވަރާތައް އިއްޔެ ފެށިއިރު، މިއަދު މިއީ މަޝްވަރާތަކުގެ ދެވަނަ ދުވަހެވެ.

21 ގަޑިިއިރަށް ދެމިގެން ދިޔަ އެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިންމާލުމަށް ފަހު، އެމެރިކާގެ ނައިބް ރައީސް ވަނީ އިސްލާމްއާބާދު ދޫކޮށް ފުރައިފައެވެ.

އޭނާ ބުނީ ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލަން އީރާނުން "ދިގު މުއްދަތަކަށް" ވެފައިވާ ވައުދާއި އެއްގޮތަށް ކުރިއަށް ގެންދާ މަންޒަރު އެމެރިކާއަށް ނުފެންނަ ކަމަށެވެ.

އަދި އީރާނުން އެއްބަސްވުމަށް ވަރަށް ފަސޭހަ ޕްރޮޕޯސަލްއެއްް ހުށަހަޅާފައިވާނެ ކަމަށާއި، އެއީ އެެމެރިކާގެ އެންމެ ފަހު އަދި އެންމެ ރަނގަޅު ހުށަހެޅުން ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. އަދި ހުށަހެޅުންތަކަށް އީރާނުން އެއްބަސްވޭތޯ ބަލަން ޖެހޭ ކަމަށްވެސް ބުންޏެވެ.

ވެންސް ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އާމީ ޗީފް ޖެނެރަލް އާސިމް މުނީރު އިސްވެ ހުންނަވައިގެން އެމެރިކާ އާއި އީރާނާ ދެމެދު އޮތް މައްސަލަތައް ހައްލު ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވާފައެވެ.

ޕާކިސްތާނުގެ މީޑިއޭޓަރުންގެ ހުށަހެޅުމާ ގުޅިގެން އީރާނާއި އެމެރިކާ އިން އަނެއްކާވެސް މަޝްވަރާތައް ކުރުމަށް ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމާއި އެއްގޮތަށް މިއަދު މަޝްވަރާތައް އަނެއްކާވެސް ކުރިއަށް ދާނެއެވެ.

އީރާނުގެ ވަފުދުގެ ގާތް އޮފިޝަލުން ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ މަޝްވަރާތަކުން ވަކިވާން އެމެރިކާ އިން ބަހަނާއެއް ހޯދަން އުޅޭ ކަމަށާއި އެ ބޯޅަ އޮތީ އެމެރިކާގެ ކޯޓުގަ ކަމަށެވެ.

އީރާނުގެ ޕްރެސް ޓީވީން ރިޕޯޓް ކުރާ ގޮތުގައި އިސްލާމްއާބާދުގައި ބޭއްވި މަޝްވަރާތައް ނިންމާލީ އެމެރިކާގެ ޑިމާންޑްތައް ބޮޑުވެ، އެއްބަސްވުމަށް ވާސިލުވުމަށް ހުރަސް އެޅުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved