March 27, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ހޮރްމުޒް ކަނޑުއޮޅި ހުޅުވާފައި އޮއްވާ ބޭކާރު ހަނގުރާމައެއް ފަށައި ދުވާލަކު ދެ ބިލިއަން ޑޮލަރު އިސްރާފުކުރަނީ ޓްރަމްޕްގެ މޮޔަކަމުން: އެމެރިކާގެ ސެނެޓަރު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 26, 2026, 09:37 PM
މާލެ ސިޓީ

އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދީ އެންމެ މުހިންމު އެއް ނާރެސް ކަމަށްވާ ސްޓްރޭޓް އޮފް ހޮރްމުޒް އިރާނުން ބަންދުކުރުމާ ގުޅިގެން، އެމެރިކާގެ އިސްވެރިންގެ ފާޑުކިޔުންތައް ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުވެއްޖެއެވެ.

Advertisement

މި މައްސަލައިގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އިރާނުން ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމުގެ މަސައްކަތަށް އެމެރިކާގެ ބަޖެޓުން ދުވާލަކު ދެ ބިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. ނަމަވެސް ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އެމެރިކާގެ ސެނެޓަރަކު ވަނީ މިއީ ޓްރަމްޕްގެ މޮޔަކަމުން ކުރިމަތިވި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"މި ހަނގުރާމަ ފެށުމުގެ ކުރިންވެސް އެ ކަނޑުއޮޅި އޮތީ ހުޅުވިފައި. އެހެންވީމާ މުޅި މި ހަނގުރާމައެއް ފެށުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟" ސެނެޓަރު ސުވާލު އުފެއްދެވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ބޭކާރު ހަނގުރާމައެއް ފަށައިގެން ގައުމުގެ ފައިސާ ދުވާލަކު ދެ ބިލިއަން ޑޮލަރުގެ ރޭޓުން އުކާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެމެރިކާގެ އިސް ސިޔާސީ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި، އިޒްރޭލުގެ މަސްލަހަތަށްޓަކައި އިރާނާ ދެކޮޅަށް ފެށި މި ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް ވަނީ އިގްތިސާދީ އަދި ސިޔާސީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. ޚާއްޞަކޮށް، ހަނގުރާމައިގެ ސަބަބުން އިރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމަކީ ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބޮޑު ލޮޅުމެއް ކަމަށާއި، މިއީ އެމެރިކާއިން އަމިއްލައަށް އުފެއްދި މައްސަލައެއް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved