April 7, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރަމްޒަން ކަޑިރޯވް ގެ ނުރައްކާތެރި ލަޝްކަރު އިރާނަށް އެހީވުމަށް ތައްޔާރަށް އޮތް ކަން އިއުލާން ކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 6, 2026, 06:38 PM
މާލެ ސިޓީ

އެމެރިކާއިން އެއްގަމު މަގުން އީރާނަށް އަރައިގަނެފިނަމަ، އީރާނުގެ ދިފާއުގައި ހަނގުރާމަކުރުމަށް ޗެޗެން އަސްކަރީ ޔުނިޓްތައް ތައްޔާރަށް ތިބި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

Advertisement

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ގާތް އެކުވެރިއެއް ކަމަށްވާ، ޗެޗްނިއާގެ ލީޑަރު ރަމްޒާން ކަޑިރޯވްގެ ދަށުން ހަރަކާތްތެރިވާ މި ލަޝްކަރުތަކުން ވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއްގައި އީރާނުގެ ހަތިޔާރު އެޅި ސިފައިންނަށް ފުރިހަމަ ތާއީދު ދޭނެ ކަމަށް އިއުލާންކޮށްފައެވެ.

މި ނިންމުން އައިސްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް އިތުރު ހަރުކަށި އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް ވިސްނަވަމުންދާ ދަނޑިވަޅެއްގައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާއިން ދަނީ އެއްގަމު މަގުން ސިފައިން ފޮނުވައިގެން އީރާނަށް ހަމަލާދިނުމަށް މަސައްކަތް ކުރަމުންނެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވެސް ވަނީ އެ ގައުމުގެ ދިފާއުގައި ވަރުގަދަ އިންޒާރެއް ދީފައެވެ. އެގޮތުން އައިއާރުޖީސީގެ މަރުކަޒީ ކޮމާންޑަރު އިބްރާހިމް ޒޮލްފިހާރީ އަލް އަންބިޔާ ވިދާޅުވީ، އީރާނުގެ ސަރަހައްދަށް ވަންނަން މަސައްކަތްކުރާ ކޮންމެ ބާރެއްގެ "ފައި ކަނޑާލަން" އެ ގައުމުގެ އަސްކަރިއްޔާ އޮތީ ސާބިތުކަމާއެކު ތައްޔާރަށް ކަމަށެވެ.

"ކަޑިރޮވްސީ"ގެ ނަމުން މަޝްހޫރުވެފައިވާ ޗެޗެން ހަނގުރާމަވެރިންނަކީ ރަޝިޔާގެ އުތުރު ކޮކެސަސް ސަރަހައްދަށް ނިސްބަތްވާ، ކްރެމްލިންއަށް އިންތިހާއަށް ވަަފާތެރި ޕެރަމިލިޓަރީ ފައުޖެކެވެ. މި ލަޝްކަރަކީ ޔޫކްރޭން ހަނގުރާމައިގެ އިތުރުން އެކި ކުރިމަތިލުންތަކުގައި އަމަލީ ގޮތުން ބައިވެރިވެ، ހަނގުރާމައިގެ މައިދާނުގައި ނުރައްކާތެރި ބައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބައެކެވެ.

މި ހަނގުރާމަވެރިންނަކީ ޚާއްޞަ އޮޕަރޭޝަންތަކާއި، ކައުންޓަރ-އިންސަރޖެންސީ ނުވަތަ ދާޚިލީ ހަމަނުޖެހުންތައް މައިތިރިކުރުމުގެ ފަންނުގައި މަތީ ތަމްރީނު ލިބިފައިވާ، ހަނގުރާމައިގެ ތަޖުރިބާކާރު ސިފައިންނެވެ. އީރާނުގެ ދިފާއުގައި މިފަދަ ބާރަކުން ބައިވެރިވުމަކީ މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެގެންދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved