
ޒުވާނުންނާ ބެހޭ ވުޒާރާގެ ވަޒީރުކަމުގެ މަގާމުގައި ހުންނެވި އިބްރާހީމް ވަހީދު (އަސްވާޑު) ވެސް މިއަދުގެ ވަގުތެއްގައި އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އަސްވާޑު މަގާމުން އިސްތިއުފާދީފައި މިވަނީ، ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންތަކެއް މަގާމުން ދުރުކޮށް އަނެއްބައި ވަޒީރުން އިސްތިއުފާދެމުންދާ ދަނޑިވަޅެއްގައެވެ.
އަސްވާޑުއާ އެހެނިހެން ވަޒީރުން އެކުއެކީގައި ކަހަލަ ގޮތަކަށް މަގާމުން ވަކިވެވަޑައިގަތް ވަކި ހާއްސަ ސަބަބެއް މިހާތަނަށް ސަރުކާރުންވެސް އަދި އެބޭފުޅުންވެސް ހާމަކުރައްވާފައެއް ނުވެއެވެ.



