April 23, 2026
Advertisement
ޝުޖާއުއެވެ. ފޮޓޯ ދައްކައިގެން ވެރިކަމަށް އައި ބަޔަކަށް ފޮޓޯގެ ވާހަކަ ދެއްކޭނެ ހެއްޔެވެ؟
ޝުޖާއުއެވެ. ފޮޓޯ ދައްކައިގެން ވެރިކަމަށް އައި ބަޔަކަށް ފޮޓޯގެ ވާހަކަ ދެއްކޭނެ ހެއްޔެވެ؟ / ތޭރަގްރެފިކްސް

ޝުޖާއުއެވެ. ފޮޓޯ ދައްކައިގެން ވެރިކަމަށް އައި ބަޔަކަށް ފޮޓޯގެ ވާހަކަ ދެއްކޭނެ ހެއްޔެވެ؟

Mariyam Isaadha
މަރިޔަމް އިސާދާ
Apr 22, 2026, 06:43 PM
މާލެ ސިޓީ

ވެރިކަމަށް އައުމަށް އެކި މީހުން ބޭނުން ކުރަނީ އެކި އުކުޅެވެ. އެގޮތުން މިއަދު ވެރިކަމުގައި ތިބީ ބޭފުޅަކު ގައުމާ ދީނުގެ ހައްގުގައި ޖަލުގައި ކުރި ޖިހާދެއްގެ ނާޖާއިޒް ފައިދާ ނަގާ އެ ބޭފުޅާގެ ފޮޓާ ހުސް ގޮނޑި ދައްކައިގެން ވެރިކަމަށް އައި ބއެކެވެ.

Advertisement

ނަމަވެސް އެމީހުން އެ ހަނދާން ނެތިއްޖެއެވެ. އެހެން މީހުންނަށް ގުދޯ ގުދޯ ގޮވަން އެމީހުން ފަށައިފިއެވެ.

އިދިކޮޅު އެމްޑީޕީއިން މަގުތައް މައްޗަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލަނީ ރިޔާސީ އިންތިހާބަށް ޕްރޮމޯޓުކުރަން ފޮޓޯ ކޮޅެއް ނަގާލުމުގެ ބޭނުމުގައި ކަމަށް އެމީހުން ބުނަމުންދާއިރު އެމީހުންގެ ހާލަކީ ނުވަތަ މި މީހުން ވެރިކަމަށް އަންނަ ްކުރީ ވަކި އިތުރު ކޮން ކަމެއްކަން މި މީހުން ހަނދާން އެބަހުރިބާއެވެ؟

ރައިސް އަބްދުﷲ ޔާމީން މިނިވަންކުރުމުގެ ނަމުގައި އަމިއްލައަށް ޕްރޮމޯޓުވާން ކޮންމެ ރެއަކު ދެ ދޮރު ދޭތެރޭ މުޒާހަރާގެ ނަމުގައި ޑްރާމާތަކެއް ޖައްސާ މަގުތައް މައްޗަށް ނުކުމެ އިސް ސަފުގައި ތިބެ ފޮޓޯ ނަގާލުމަށް ދެން ފިލައިގެން ގޮސް ޕާޓީ އޮފިހުގައި ތިބެ މުޒާހަރާ ތެރެއިން މިވެނި މީހެއް އެވެނި މީހެއް ހައްޔަރު ކުރަން އޯޑަރު ދިނީ ވަކިން އިތުރު ކޮން ބައެއް ހެއްޔެވެ؟

ތިމާއަށް ސަރުކާރުގެ ތެރެއިން ލިބޭ ނަފާއާ އެކު ސަރުކާރަށް މާ ހެޔޮ އެދޭ މީހަކަށް ވެގެން ނުކުމެ ބާރަށު މައިކުން އަޑު ގަދަ ކުރާއިރު ތިބާގެ ފަސްބައި އޮތީ ވަކިން އިތުރު ގޮތަކަށް ހެއްޔެވެ. 2018 އިން 2023 އަށް ޝުޖާއު ވެސް ހިމެނޭ ހެން އިސްވެ ބަޔަކު ކުޅުނީ ޑްރާމާ ނޫން ވަކިން އިތުރު ކޮން އެއްޗެއް ހެއްޔެވެ.

ބޮޑު ހިނގާލުންތަކުގައި އެންމެ ކުރީގައި ތިބެފައި މުޒާހަރާތަކުގެ އެންމެ އިސް ސަފަށް ނިކަމެތި ރައްޔިތުން ނެރެ ހަވަރަށް ދިނީ ވަކިން އިތުރު ކޮން ބައެއް ހެއްޔެވެ. ފޮޓޯ ނަގައިގެން އެ ފޮޓޯތައް ދައުރުކޮށް މަޝްހޫރުވީ ބަޔަކަށް އެހެން މީހުން ފޮޓޯ ނަގާ ވާހަކައާ ޑްރާމާ ކުޅޭ ވާހަކަ ދެއްކިދާނެ ހެއްޔެވެ. އެއަށް ދިވެހި ހަރު ބަހުން ކިޔާ އުޅެނީ ގުދޯ ގުދޯއެވެ. ހަތް ގުދު އޮންނަ މީހާއަށް ތިމާ ބުރަކަށިގައި އޮންނަ ގުދު ނުފެންނަ ވާހަކައެވެ.

އެހެންކަމުން ޝުޖާއުއަށް އެމްޑީޕީގެ ވާހަކަވެސް އަދި އެހެން ޕާޓީއެއްގެ ވާހަކަވެސް ދެއްކޭކަށް ނެތެއްނުން ހެއްޔެވެ. މިހުރީ ހުސް ހެކި ވިއްކާއެވެ.

މިކޮޅުން މަޑު މަޑުން މި ދައްކާލަނީ މާޒީގެ މަންޒަރުތަކެވެ. ގޮތް ނިންމާނީ ތިކޮޅުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved