April 24, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާނުގެ ނައްތާލާނެ ކަމުގެ އިންޒާރު އިސްރާއީލުން ދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 23, 2026, 09:57 PM
މާލެ ސިޓީ

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރުގަދަކޮށް، އެ ގައުމުގެ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދިނުމަށް ތައްޔާރަށް އޮތް ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ކަޓްޒް ހާމަކޮށްފިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އިސްރާއީލުން މިހާރު ވަނީ ހަމަލާދޭނެ ވަކި އަމާޒުތަކެއް ކަނޑައަޅައި ނިންމާފައެވެ.

Advertisement

ކަޓްޒް އިތުރަށް ވިދާޅުވީ، އިސްރާއީލުން އިންތިޒާރު ކުރަމުންދަނީ އީރާނުގެ ލީޑަޝިޕް ބަދަލުކުރުމަށާއި ޚާމަނާއީގެ ދަރިކޮޅު ނައްތާލުމަށް އެމެރިކާއިން ދޭނެ ފެހި ސިގްނަލަކަށެވެ. މިއީ ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރާފަދަ ނުރައްކާތެރި ވިސްނުމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

އީރާނުގެ އިގްތިސާދީ މައިބަދަ ކަމަށްވާ ހަކަތަ އުފައްދާ ވަސީލަތްތަކާއި، އިންޖީނުގެތަކުގެ އިތުރުން މުހިންމު އިންފްރާސްޓްރަކްޗަރތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިސްރާއީލުން ވަނީ ދީފައެވެ. "އަޅުގަނޑުމެން އީރާން އަނދިރިކަމުގެ ޒަމާނަށް އަނބުރާ ގެންދާނީ،" ކަމަށް ބުނެ ކަޓްޒް ވަނީ ބިރުވެރި އިންޒާރެއް ދީފައެވެ.

މިފަދަ ހަމަލާތަކެއްގެ ސަބަބުން މުޅި މެދުއިރުމަތީގެ ހަނގުރާމަ އަލުން ފެށިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އިސްރާއީލުގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް، އެހެން ގައުމެއްގެ އިސްތިގުލާލަށް އަރައިގަތުމަށް ރާވަމުންދާ ރޭވުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved