April 17, 2026
Advertisement
ރަޝިޔާގެ ބެލްގޮރޮޑް
ރަޝިޔާގެ ބެލްގޮރޮޑް / ދި ޓެލެގްރާފް

ޔޫކްރޭނުން ރަޝިޔާއަށް ދިން ހަމަލާއެއްގައި ދެމީހުން މަރުވެއްޖެ

Azzama
އައްޒާމާ
Mar 17, 2024, 06:29 AM

ޔޫކްރޭނުން ރަޝިޔާގެ ބެލްގޮރޯޑް ބޯޑަރު ސަރަހައްދަށް މަދުވެގެން އަށް ހަމަލާދީ، މިހަމަލާ ތަކުގައި ދެ މީހަކު މަރުވެ 12 މީހުން ޒަޚަމްވެފައިވާ ކަމަށް ލޯކަލް އޮފިޝަލުން ބުރާސްފަތި ދުވަހު ބުނެފި އެވެ.

Advertisement

އަދި ހަމަ އެ ސަރަހައްދާއި އަވަށްޓެރި ކަރސްކްގައި ޔޫކްރޭންގެ ސިފައިން ބޯޑަރު ހުރަސްކޮށް ވަދެގަތުންތައް ވެސް ރަޝިޔާއިން ފަހަތަށް ޖައްސާފައިވާ ކަމަށް ވެސް ރަޝިޔާއިން ބުނެފައިވެ އެވެ.

މޮސްކޯއިން ބުނާ ގޮތުގައި އެގައުމުގެ ސިފައިން ވަނީ ޔޫކްރޭންގެ 195 ސިފައިން މަރާލައި، ފަސް ޓޭންކާއި ހަތަރު އާމަރޑް އިންފެންޓްރީ ވެހިކަލް ނައްތާލާފަ އެވެ.

ހަނގުރާމަ ފެށުނު ފަހުން އެ ސަރަހައްދުގައި ބޯޑަރު ހުރަސްކޮށް ދޭ ހަމަލާތައް ދޭތެރެ ދޭތެރެއިން ހިނގާފައިވެއެވެ.

މި ހަމަލާތައް ދީފައިވަނީ ރަޝިޔާގެ ރިޔާސީ އިންތިހާބުގެ ކުރިން ކްރެމްލިން ތަޅުވާލަން ކިއެވް އިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved