

އައިސްލޭންޑްގެ ދެކުނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ރެއިކްޖެނެސް ޕެނިންސުލާގައި އަނެއްކާވެސް ފަރުބަދަ ގޮވުމުގެ ސަބަބުންނެވެ. މިއީ ޑިސެމްބަރު މަހުގެ ފަހުން ގޮވި ހަތަރުވަނަ ފަހަރެވެ
އެއީ މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ފްލޭއާ އަޕް ކަމަށް ބެލެވެ އެވެ. ދިޔާ އަލިފާން ނުވަތަ ލާވާ ވަނީ ހުސްކޮށްފައިވާ ގްރިންޑަވިކް ޓައުން ވަށައިގެންވާ އިރުމައްޗަށް ފޯރާފައި ކަމަށް ލޯކަލް މީޑިއާތަކުން ބުނެ އެވެ.
އައިސްލޭންޑްގެ އެންމެ މަގުބޫލު އެއް ޓޫރިސްޓް އެޓްރެކްޝަން ކަމަށްވާ ކައިރީގައި އޮންނަ ބްލޫ ލެގޫން އިން ވެސް މީހުން ވަނީ ބަދަލުކޮށްފަ އެވެ.
އައިސްލޭންޑްގެ ވައިގެ ސަރަހައްދު އަދިވެސް އޮތީ ހުޅުވާފައެވެ. ލާވާ ސްޕިލް އެއްގެ ސަބަބުން ދުން އަރަމުންދެއެވެ.
އެގައުމުގެ ސިވިލް ޑިފެންސް ސާވިސް އިން ބުނާ ގޮތުގައި ގްރިންޑަވިކްގެ އުތުރުން ހޮނިހިރު ދުވަހުގެ ގަޑިން 20:00 ގެ ފަހުން ގޮވުން ފެށުނެވެ.
މިއީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ފެށުނު ގޮވުމާ އެއްގޮތް ގޮވުމެކެވެ.
މި ގޮވުމުގެ ފޫޓޭޖްތަކުން ފެންނަ ގޮތުގައި ދުމުގެ ވިލާތަކާއި ދިއްލާފައިވާ މެގްމާ ދުނިޔޭގައި ހުރި ވެންޓްތަކުން ފައިބަމުން ދިޔައެވެ.
މި ގޮވުމުގެ ސަބަބުން ގްރިންޑަވިކްގެ ހުޅަނގު އުތުރުގައި އޮންނަ މައި ބައިނަލްއަގްވާމީ އެއާޕޯޓަށް އެއްވެސް އަސަރެއް ކޮށްފައެއް ނުވެއެވެ.
ހެލިކޮޕްޓަރެއްގައި ގެއްލުން ލިބުނު ސަރަހައްދުތަކުގެ މަތިން އުދުހުނު މީހުންގެ ތެރޭގައި ހިމެނޭ ޖިއޮފިޒިސިސްޓް މެގްނަސް ޓޫމީ ގުޑްމަންޑްސަން ލޯކަލް މީޑިއާއަށް ބުނީ ހޮނިހިރު ދުވަހުގެ ގޮވުމަކީ މިހާތަނަށް ގޮވި އެންމެ ބާރުގަދަ ގޮވުން ކަމަށެވެ.
ދެ ލާވާ ކޯރެއް ހުޅަނގާއި ދެކުނަށް ދަތުރުކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަހުގެ ލާވާ ވަނީ ގްރިންޑަވިކްގެ އިރުމަތީ ދިފާއީ ފާރުތަކަށް ފޯރާފަ އެވެ.
ގުޑްމަންޑްސަން ވިދާޅުވީ ކަނޑަށް ލާވާ ފޭބުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް އަލިފާންގަނޑުގެ ހަރަކާތްތަކަށް ލުއި ލިބިއްޖެ ނަމަ މިކަން ނުވެދާނެ ކަމަށެވެ.
ނޯވޭގެ މޫސުމާ ބެހޭ އިދާރާގެ ގުދުރަތީ ކާރިސާތަކުގެ މާހިރެއް ކަމަށްވާ އައިނާ ބެސީ ގެސްޓްސަން އައިސްލޭންޑްގެ ޕަބްލިކް ބްރޯޑްކާސްޓާ އާރުޔޫވީ އަށް ވިދާޅުވީ ލާވާ ކަނޑަށް ފޯރައިފި ނަމަ ނުރައްކާތެރި ގޭސްތަކާއި ކުދި ގޮވުންތައް ހިނގާފާނެ ކަމަށެވެ.
މީގެ އިތުރުން ހުޅަނގަށް ދަތުރުކުރާ ލާވާ މިސްރާބު ޖަހާފައިވަނީ ބްލޫ ލެގޫން އާއި ރެއިކްޖެނެސް ޕެނިންސުލާގެ ބޮޑު ބަޔަކަށް ހޫނު ފެން ފޯރުކޮށްދޭ ޖިއޮތަމަލް އިންޖީނުގެއާ ދިމާއަށެވެ.
އައިސްލޭންޑްގެ މެޓް އޮފީހުން ބުނީ މި ލާވާ ބެޑް ފެބްރުއަރީ މަހަށް ވުރެ "މާބޮޑުތަނުން ފުޅާ" ކަމަށާއި، ކުރިން ގޮވި ލާވާ ވެސް އެ ދިމާލަށް ދައުރުވި ކަމަށެވެ.
ރެއިކްޖަވިކްގައި ހުންނަ ނޯޑިކް ވޯލްކެނޮލޮޖިކަލް ސެންޓަރުގެ ވެރިޔާ ރިކޭ ޕެޑަރސަން ރޮއިޓާސްއަށް ވިދާޅުވީ އެ ދެ ތަނުގެ ވަށައިގެން ގިނަ ޕްރޮޓެކްޓިވް އެމްބެންކްމަންޓްތަކެއް ހަދާފައިވާ ކަމަށެވެ.
މަގުމަތީގައި ހުންނަ ފައިބަރ އޮޕްޓިކް ކޭބަލްތަކަށް ގެއްލުން ލިބިދާނެ ކަމުގެ ކަންބޮޑުވުންތައް އެބަހުރި - ފޯނާއި އިންޓަނެޓްގެ ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމުގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބްލޫ ލެގޫން ބަންދުކޮށްފައިވެ އެވެ. ހޮނިހިރު ދުވަހު ގޮވުން ހިނގިއިރު އެ ސަރަހައްދުގައި 500-600 އާއި ދެމެދުގެ އަދަދަކަށް މީހުން ތިބި ކަމަށް ޕެޑަރސަން ވިދާޅުވި އެވެ.
އަދި ގްރިންޑަވިކްގެ 5 އާއި 10 އާއި ދެމެދުގެ ގެ ވަނީ ހުސްކޮށްފައެވެ.
އެ ރަށުގެ ގާތްގަނޑަކަށް 4،000 މީހުންނަށް އެނބުރި ގެއަށް ދިއުމުގެ ހުއްދަ ދިނީ މީގެ މަހެއްހާ ދުވަސް ކުރިން ޖެނުއަރީ މަހުގައެވެ.
އޭގެ ތެރެއިން ގިނަ މީހުން ވަނީ އެނބުރި ނުދިއުމަށް އިޚްތިޔާރުކޮށްފައެވެ.
އައިސްލޭންޑްގައި 33 އެކްޓިވް އަލިފާން ފަރުބަދަ ހުންނައިރު، އައިސްލެންޑް ވަނީ މި ޕްލެނެޓްގެ އެންމެ ބޮޑު ދެ ޓެކްޓޮނިކް ޕްލޭޓްގެ މެދުގައިވާ ސަރަހައްދު ކަމަށްވާ މިޑް އެޓްލާންޓިކް ރިޖްގެ ނަމުން މަޝްހޫރު ސަރަހައްދުގެ މަތީގައެވެ.
އެންމެ ފަހުން ރެއިކްޖެނެސް ޕެނިންސުލާގައި އަލިފާންގަނޑު ހަރަކާތްތެރިވި ދުވަސްވަރަކީ މީގެ 800 އަހަރު ކުރިން - އަދި މި ގޮވުންތައް ދިހަވަރަކަށް އަހަރު ވަންދެން ކުރިއަށް ދިޔައެވެ.
މިއީ މިހާރު 2021 ވަނަ އަހަރަށްފަހު ހަތް ވަނަ ފަހަރަށް ގޮވުން ކަމަށާއި، ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި ސަރަހައްދު ވަންނަމުންދަނީ ދިހަވަރަކަށް އަހަރު ނުވަތަ ގަރުނުތަކެއް ވަންދެން ދެމިގެންދާނެ އާ އަލިފާންގަނޑުގެ ޒަމާނަކަށް ކަމަށެވެ.