May 6, 2026
Advertisement
.
.

އެމެރިކާގެ ހުރަސްތަކަށް ގޮންޖަހައި، އީރާނުގެ "ހިއުޖް" ޓޭންކަރު އޭޝިއާ ޕެސިފިކަށް!

Yana Shareef
ޔާނާ ޝަރީފް
May 3, 2026, 06:28 PM

އެމެރިކާގެ ހަރުކަށި ބްލޮކޭޑް ނުވަތަ ކަނޑުގެ ހުރަސްތަކުން ސަލާމަތްވެ، ގާތްގަނޑަކަށް 220 މިލިއަން ޑޮލަރުގެ އަގުހުރި ސާފުނުކުރާ ތެޔޮ ހިފައިގެން ދަތުރުކުރި އީރާނުގެ ސުޕަޓޭންކަރެއް އޭޝިއާ ޕެސިފިކް ސަރަހައްދަށް ވާސިލުވެއްޖެއެވެ. "ހިއުޖް" ގެ ނަމުން ނަންދެވިފައިވާ މި "ވެރީ ލާޖް ކްރޫޑް ކެރިއާ" (ވީއެލްސީސީ) އަކީ އީރާނުގެ ނޭޝަނަލް ޓޭންކަރ ކޮމްޕެނީއަށް ނިސްބަތްވާ އުޅަނދެކެވެ. ޓެންކަރޓްރެކަރސް ޑޮޓްކޮމް އިން ރިޕޯޓްކުރާ ގޮތުގައި، މި އުޅަނދުގައި 1.9 މިލިއަނަށް ވުރެ ގިނަ ތެޔޮ ފީފާ ހުރިއިރު، އެމެރިކާގެ ކަނޑުގެ ސިފައިން އީރާނުގެ ބަނދަރުތައް ބަންދުކުރަން މަސައްކަތް ކުރަމުން ދަނިކޮށް، މި އުޅަނދު ވަނީ ކާމިޔާބުކަމާއެކު އެ ސަރަހައްދު ހުރަސްކޮށްފައެވެ.

Advertisement

މި އުޅަނދު ދެނެގަތުމަށް ބޭނުންކުރާ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއައިއެސް) މާޗް މަހުގެ ފަހުކޮޅުން ފެށިގެން ނިއްވާލާފައި އޮތުމަށްފަހު، އެންމެ ފަހުން ފެނިފައިވަނީ އިންޑޮނޭޝިއާގެ ލޮމްބޮކް ސްޓްރޭޓް ހުރަސްކޮށް ރިއާއޯ އާކިޕެލަގޯއާ ދިމާއަށް ދަތުރުކުރަނިކޮށެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ބުނާ ގޮތުގައި، އެމެރިކާގެ މަނާކުރުންތަކާ އެކުވެސް އެ ގައުމުގެ 52 އަށް ވުރެ ގިނަ ބޯޓު މިހާރުވެސް ކަނޑުތަކުގައި ދަތުރުކުރަމުންދެއެވެ. ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއިން ދައުވާކުރާ ގޮތުގައި، އެ ފަރާތްތަކުގެ ހުރަސްތަކުގެ ސަބަބުން އީރާނާ ގުޅުންހުރި 41 އުޅަނދެއް އަނބުރާ ފޮނުވާލާފައިވާ ކަމަށާއި، މީގެ ސަބަބުން އީރާނަށް ބިލިއަން ޑޮލަރުގެ އާމްދަނީގެ ގެއްލުން ލިބެމުންދާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved