
ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންމެ ބޮޑެތި ދުޝްމަނުން ތިބީ އަރިހުގައި ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.މަލީހު ވަނީ، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ ތެރޭގައި ސިއްރު ޑީލުތަކެއް އިސްވެރިންގެ މެދުގައި ކުރިއަށްދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
އެގޮތުން ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމު އަބްދުﷲ އާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހުއާ މެދުެވސް އެއްބަސްވުންތަކެއް ކުރިންވެސް ހެދިފައިވާކަމަށް ދޭހަވާ ފަދަ މޭރުމަކުން މަލީހު ވަނީ ފަލާހުއާ އަބްދުއްރަހީމު އަލުން އަހުދު ނާމާ އައުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މަލީހު ވިދާޅުވެފައިވަނީ، ރައީސް މުއިއްޒުގެ ދުޝްމަނުން ތިބީ ޕީއެންސީގެ އެތެރޭގެ ޑޮމެއިންގައި ފަރުދާ ވެގެން ކަމަށެވެ.










