May 6, 2026
Advertisement
މުޒާހަރާ ލައިވްކުރުން މަނާ ކުރި ނިންމުން ދޭން އެދުމުން އެއީ ނެތް އެއްޗެއްކަން ފަޅާއަރައިފި
މުޒާހަރާ ލައިވްކުރުން މަނާ ކުރި ނިންމުން ދޭން އެދުމުން އެއީ ނެތް އެއްޗެއްކަން ފަޅާއަރައިފި / ސޯޝަލް މީޑިއާ

މުޒާހަރާ ލައިވްކުރުން މަނާ ކުރި ނިންމުން ދޭން އެދުމުން އެއީ ނެތް އެއްޗެއްކަން ފަޅާއަރައިފި

May 4, 2026, 03:51 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)އިން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތައް ލައިވްކުރުން މަނާކުރަން މޯލްޑިވްސް މީޑީޔާ އެންޑް ބްރޮޑްކާސްޓިން ނިންމުމެއް ނިންމާފައިވާ ކަމަށް ބުނެފައިވާތީ އެލިޔުން ހާމަކުރަން ޗެނަލް13 އިން އެދުމުން އެއީ ނެތް ލިޔުމެއްކަން ފަޅާއަރައިފިއެވެ.

Advertisement

އެމްއެމްބީސީއިން ޗެނަލް13އަށް ޕީއެންއެފްގެ މުޒާހަރާތައް ލައިވް ކުރުން ހުއްޓާލަން އެންގީ، މުޒާހަރާގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަންކަން ފެންނާތީ އެ މުޒާހަރާގެ ލައިވް ކަވަރޭޖް މިނެޓެއް ލަސްކޮށް ގެނެސްދިނުމަށް ކޮމިޝަނުން ކުރިން އެންގި އެންގުމާ ހިލާފަށް ޗެނަލް 13 އިން ތަކުރާރުކޮށް މުޒާހަރާގެ މަންޒަރުތައް ވަގުތުން ގެނެސްދީފައިވާކަމަށް ބުނެއެެވެ.

އެކޮމިޝަންގެ ބައްދަލުވުމެއް އެގޮަތަށް ނިންމާފައިވާ ކަމަށް އެމްއެމްބީސީއިން ފޮނުވި ސިޓީގައި އޮތް ނަމަވެސް އެ ފަދަ ލިޔުމެއް ޗެނަލް13އަށް ކޮމިޝަނުން ފޮނުވާފައިވާ ނުވާއިރު، އެ ކޮމިޝަނުން ފޮނުވި ސިޓީގައި ސޮއިކޮށްފައިވަނީ ވެސް ސެކެރެޓަރީ ޖެނެރަލް ހަމްދީ އަގީލުކަމަށް ވުމުން އަނގަބަހުން ބުނާ ބުނުމަކަށް އަމަލު ނުކުރާނެ ކަމަށް ޗެލެންޖުކޮށް ޗެނަލް13އިން ކޮމިޝަނާ އެކު ބައްދަލުވުމަށް އެދުމުން ހޯމަ ދުވަހު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

އެ ބައްދަލުވުމުގައި ޗެނަލް13ގެ ވަކީލު ފަލާހު ވަނީ ކޮމިޝަނުން އެންގުމެއް އަންގާފައިވާ ނަމަ އެކަން ލިޔުމުން ފެންނަން އޮންނަން ވާނެ ކަމަށާ ކޮމިޝަންގެ ނިންމުމެއް ލިޔުމުން ފެންނަން ނެތް ކަމަށެވެ. އެހެންކަމުން ލީގަލް ޕްރޮސެސްއެއްގައި އެފަދަ ލިޔުމެއް ހުށަހަޅަން ޖެހިއްޖެ ނަމަ ދެން ހުށަހަޅާނީ ކިހިނެއް ކަމާ މެދު ވެސް ވަކީލު ފަލާހު ވަނީ ސުވާލު އުފައްދާފައެވެ. އަދި އެ ނިންމުން ލިޔުމުން ދެއްކުމަށް އެދުމުން އެއީ ސީދާ އެގޮތަށް ނިންމާ ކޮމިޝަންގެ މެމްބަރުން ލިޔުމެއްގައި ސޮއިކޮށް ކޮމިޝަންއިން ނިންމާފައިވާ ކަމެއްކަން ސާބިތުކޮށް ނުދެވުނެވެ.

އެހެންކަމުން ޗެނަލް13 އިން ޕީއެންއެފްގެ މުޒާހަރާ ލައިވްކުރުން މަނާކޮށް ނިންމުމެއް ނިންމާ އެގޮތަށް ނިންމާފައިވާ ކަމަށް ބުނެ ކޮމިޝަންއިން ހެދީ ދޮގު ކަމަށް ވަނީ ފަޅާއަރާފައެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved