May 15, 2026
Advertisement
ތިން ރައީސުންގެ ބައްދަލުވުމުގެ ޕްރީ ޝޯ މާދަމާ މެންދުރު ފަހު ޗެނަލް 13 އިން!
ތިން ރައީސުންގެ ބައްދަލުވުމުގެ ޕްރީ ޝޯ މާދަމާ މެންދުރު ފަހު ޗެނަލް 13 އިން! / އަދަދު

ތިން ރައީސުންގެ ބައްދަލުވުމުގެ ޕްރީ ޝޯ މާދަމާ މެންދުރު ފަހު ޗެނަލް 13 އިން!

May 15, 2026, 02:40 AM
މާލެ ސިޓީ

ގައުމުގެ ކަންކަން ހިނގަމުންދާ އުސޫލުގެ ތެރެއިން ނޫސްވެރިންނަށާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އަޅަމުންދާ ހުރަސްތަކާ ދެކޮޅަށް ތެދުވެ މަސައްކަތްކުރުމަށް ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތް ކުރަން، މަޝްވަރާކުރަން ބާއްވާ ބައްދަލުވުމުގެ ޕްރީ-ޝޯ ހުކުރު ދުވަހު މެންދުރު، ޗެނަލް 13 އިން ފެށުމަށް ހަމަޖައްސައިފިއެވެ.

Advertisement

އެ ސްޓޭޝަންގެ ސިއީއޯ އިސްމާއިލް ސޮފްވާން ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ 8:00ގައި ބޭއްވުމަށް މިވަގުތު ހުރިހާކަމެއް ނިމިފައިވާ އެ މުހިއްމު ބައްދަލުވުމުގެ މައުލޫމާތު ބައްދަލުވުން ނިމުމުން ބެލުންތެރިންނާ އަދި ކިޔުންތެރިންނާ ހަމައަށް ވެސް ގެނެސްދެވޭނެ ކަމަށެވެ. ޕްރީ-ޝޯ ކުރިއަށް ދާނީ އެކި މެހެމާނުންނާ އެކު ބަހާލެވިފައިވާ މައުޟޫތަކަކަށެވެ.

މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ބައްދަލުވުމަށްފަހު ތިން ރައީސުން ނޫސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފްސީލު ހިއްސާކުރައްވާނެއެވެ.

ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހްއާ ތިން ބޭފުޅުންނަކީވެސް، ސިޔާސީ ގޮތުން ތަފާތު ފިކުރުތަކެއްގެ ތިން ބޭފުޅުން ނަމަވެސް، ޤައުމީ ބޮޑެތި މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ތިން ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. 

ނޫސްވެރިންގެ ދިފާއުގައާއި ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރާނެ ކަމަށް އަންދާޒާކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved