May 29, 2026
Advertisement
ޗެނަލް13އަށް ދިން ހަމަލާ އެމްޖޭއޭއިން ކުށްވެރިކޮށްފި
ޗެނަލް13އަށް ދިން ހަމަލާ އެމްޖޭއޭއިން ކުށްވެރިކޮށްފި / ސޯޝަލް މީޑިއާ

ޗެނަލް13އަށް ދިން ހަމަލާ އެމްޖޭއޭއިން ކުށްވެރިކޮށްފި

May 29, 2026, 01:58 PM
މާލެ ސިޓީ

ޗެނަލް 13 ގެ ސާވާތައް ކާކުކަން ނޭނގޭ ބަޔަކު ހެކް ކޮށްފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން މޯލްޑިވްސް ޖާނަލިސްޓު އެސޮސިއޭޝަން އެމްޖޭއޭއިން ކުށްވެރިކޮށްފިއެވެ.

Advertisement

ޗެނަލް13ގެ ސާރާވަތައް ރޭގެ ވަގުތެއް ކޮންބައެއްކަން ނޭނގޭ ހެކްަރުންތަކެއް ހެކުކޮށްފައިވައިރު، އެމްޖޭއޭއިން ވަނީ އެއީ ޖަމްއިއްޔާއިންނުހަނު ކަންބޮޑުވާ ކަމެއްގެ ގޮތުގައި ހާމަކޮށްފައެވެ. އަދި އެ ޓީވީ ސްޓޭޝަންއަށް ދިން އެ ހަމަލާގެ ކަންކަން ގާތުން ބަލާ މޮނިޓަރ ކުރަމުންދާ ކަމަށްވެސް އެމްޖޭއޭއިން ވަނީ ބުނެފައެވެ.

އެމްޖޭއޭިން އިތުރަށް ބުނެފައިވަނ، މީޑިއާގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުމަކީ ޕްރެސް އޮޕަރޭޝަންސް އަދި ފްރީ ސްޕީޗަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން ޗެނަލް 13 އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ޗެނަލަކީ މުޖުތަމައުގައި ހިނގާ ހަބަރުތައް ރައްޔިތުންނަށް އަވަސް މިނުގައި ގެނެސްދިނުމުގެ ޒިންމާއާ ހަވާލުވެފައިވާ ރާއްޖޭގައި ކުރިއަރާފައިވާ މީޑިއާކަމަށްވުމުން، މިއީ ވަކި ފަރާތަކުން ރާއްޖޭގެ ކުރިއަރާފައިވާ މީޑިއާތަކަށް އަމާޒުކޮށްގެންދޭ ހަމަލާއެއް ކަމަށް ދެކޭ ކަމަށެވެ.

"ނޫސްވެރިންނަށް އަމާޒުކޮށްދޭ ހަމަލާތަކާ، ނޫސްވެރިކަމަށް ހުރަސްއެޅުމަށް ޑިމޮކްރަސީ ނުދަންނަ އެކި ފަރާތްތަކުން ގަދައަޅައި މަސައްކަތްކުރަމުންދާ ދިއުމުގައި ގާނޫނީ އިމުން ބޭރުވެ، މީޑިއާތަކުގެ ސާވާތައް ހެކްކޮށް، މީޑިއާގެ އަޑު ކަނޑުވާލުމަށް، އެފަރާތްތަކުން ކުރަމުންދާ ކަންތައްތައް، މި ކުންފުނީގެ ފަރާތުން ހަރުއަޑުން ކުށްވެރިކުރަން،" ޗެނަލް 13 އިން ބުންޏެވެ.

ސާވާތައް ހެކްކޮށްގެން އެ ޗެނަލް ހުއްޓުވާލަން މަސައްކަތްކޮށްފައިވާއިރު، ޗެނަލް 13 އިން ބުނި ގޮތުގައި އެފަދަ އަމަލުތަކަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 240 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކޮމްޕިއުޓާ އަދި ކޮމްޕިއުޓަރާ ގުޅުންހުރި ކުށްތަކުގެ ތެރޭގައި ހިމެނޭ އަމަލެކެވެ.

ޗެނަލް 13 އިން ބުނީ މީޑިއާއިން ވަކި ވާހަކަތަކެއް ގެނެސްދިނުން މަނާކޮށް، "އަނގަބަންދުކުރުމުގެ އަމުރެއް" ނެރުމަށްފަހު، އެ އަމުރާ ހިލާފުވެެއްޖެ ކަމަށް ބަޔާންކޮށް ދެ ނޫސްވެރިން ޖަލަށް ލުމަށްފަހު، އޭގެ ފަހުން މީޑިއާގެ ސާވާތައް ހެކްކުރި ކަމަށް ވިޔަސް، ތާރީހުގައި ލިޔެވިފައިވަނީ އެއިން އެއްވެސް ކަމަކީ މީޑިއާ ފަހަތަށް ޖެހޭނެ ކަމެއް ނޫން ކަމަށާއި މީޑިއާގެ ބާރު ކުރިއަށްވުރެ ވަރުގަދަ ވާނެ ކަމަށެވެ.

ބިރުދެއްކިޔަސް، އަނގަ ބަންދުކުރިޔަސް، ޖަލަށް ލިޔަސް، ހެކްކުރިޔަސް، ޗެނަލް 13 އިން މައުލޫމާތު ފޯރުކޮށްދިނުމުގައި އެއްވެސް ފަސްޖެހުމެއް ނޯންނާނެ ކަމުގެ ޔަގީންކަން އެ ޗެނަލުން ވަނީ ދީފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved