May 4, 2026
Advertisement
-ބްލަޑް ސާވިސްގެ ވެރިޔަކަށް ހުރެ ފެއިލްވި ކަމަށް ގިނަ ބަޔަކު ދެކޭ، ޝިރުނާ އެންސްޕާގެ ސީއީއޯއަކަށް!
-ބްލަޑް ސާވިސްގެ ވެރިޔަކަށް ހުރެ ފެއިލްވި ކަމަށް ގިނަ ބަޔަކު ދެކޭ، ޝިރުނާ އެންސްޕާގެ ސީއީއޯއަކަށް! / ސޯޝަލް މީޑިއާ

ބްލަޑް ސާވިސްގެ ވެރިޔަކަށް ހުރެ ފެއިލްވި ކަމަށް ގިނަ ބަޔަކު ދެކޭ، ޝިރުނާ އެންސްޕާގެ ސީއީއޯއަކަށް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
May 4, 2026, 04:59 PM
މާލެ ސިޓީ

ބްލަޑް ސާވިސްގެ ވެރިޔަކަށް ހުރެ ފެއިލްވި ކަމަށް ގިނަ ބަޔަކު ދެކޭ، ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހުރި އައިމިނަތު ޝިރުނާ އެންސްޕާގެ ސީއީއޯއަކަށް އައްޔަންކޮށްފިއެވެ.

Advertisement

މި މަގާމަށް ޝިރުނާ އައްޔަންކުރެއްވީ، އެންސްޕާގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި ހީނާ ވަލީދު، މިނިސްޓަރު އޮފް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. ރައީސް މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން ހީނާ ވަލީދު ވަޒީރުކަމަށް އައްޔަންކުރެއްވި ދުވަހުން ފެށިގެން، އެންސްޕާގެ ސީއީއޯގެ މަގާމު އޮތީ ހުސްކޮށެވެ.

އެންސްޕާގެ އައު ސީއީއޯ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، އޭނާ ވަނީ ދަމަނަވެއްޓާއި ބްލަޑް ސާވިސް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރައްވާފައެވެ. މީގެ އިތުރުން، އެންސްޕާގެ މަގާމަށް އައްޔަންކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ކަންކަން މިނިސްޓްރީގެ ފަރާތުން ބަލަހައްޓަވާ އިސްވެރިއެއްގެ ގޮތުގައެވެ.

23 އަހަރު ނަރުހެއްގެ ގޮތުގައި ހިދުމަތްކޮށްފައިވާ ޝިރުނާ، ބްލަޑް ސާވިސަސްގެ ކަންކަމާ ހަވާލުވެގެން ހުރިއިރު އެތަނުގެ ކަންކަން ބޮއްސުންލައިގެން ގޮސް ލޭ ރައްކާކުރާނެ ނިޒާމުވެސް ނެތް ކަމަށް ބުނެ ލޭ އަޅާ ކުދިންގެ ބެލެނިވެރިންގެ ޝަކުވާ އޭނާއާ މެދު ބޮޑުވެގެންދިޔައެވެ. އޭރު ބެލެނިވެރިން ވަނީ އޭނާއަކީ ފެއިލްޑް މީހެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved