June 20, 2026
Advertisement
އެންސްޕާ ޖަވާބުދާރީ ކުރަން އެދިއްޖެ
އެންސްޕާ ޖަވާބުދާރީ ކުރަން އެދިއްޖެ / ސޯޝަލް މީޑިއާ

އެންސްޕާ ޖަވާބުދާރީ ކުރަން އެދިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Jun 19, 2026, 12:33 PM
މާލެ ސިޓީ

ރައްޔިތުންގެ އިޖްތިމާއީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ޖަވާބުދާރީކޮށްދިނުމަށް އެދި ހުށަހަޅައިފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހަށް މިފަދަ ހުށަހެޅުމެއް ހުށަހަޅާފައިވަނީ، އެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ. ކުޑޫ މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައެވެ.

ކުޑޫ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެންސްޕާ މެދުވެރިކޮށް ދައުލަތުން ދޫކުރާ މާލީ އިނާޔަތްތައް ކަނޑައެޅިފައިވާ ތާރީހަށް ބަރާބަރަށް ޖަމާވަމުން ނުދާކަން ފާހަގަކުރެއްވޭ ކަމަށެެވެ. އެއީ ހާއްސަ އެހީއަށް ބޭނުންވާ ގިނަ ބައެއްގެ ބޭސްފަރުވާ އަށާއި ފަރުދީ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ބަރޯސާވާ ހަަމަ އެކަނި މާލީ ވަސީލަތް ކަމަށާއި އިނާޔަތް ލަސްވުުން އެ މީހުންނަށް މާލީ އަދި ނަފުސާނީ ދަތިތަކާ ކުރިމަތިވާ ވެސް ކުޑޫ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް މި މައްސަލަ ހުށަހަޅުއްވައިދެއްވައި، އެންސްޕާ އާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް ޖަވާބުދާރީކޮށްދެއްވުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ މާލީ އިނާޔަތްތައް ބަރާބަރަށް ޖަމާކޮށްދޭނެ ދާއިމީ ނިޒާމެއް ކަށަވަރުކުރަން ރައްޔިތުންގެ މަޖިލީހުން ބާރު އަޅައިދޭން ވެސް ސިޓީގައި ވަނީ އެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved