June 13, 2026
Advertisement
އެންސްޕާއިން ބޭސްފަރުވާއަށް ދޭ އެހީ ހުއްޓާލައި ޚިދުމަތްތައް އާސަންދައިގެ ދަށަށް!
އެންސްޕާއިން ބޭސްފަރުވާއަށް ދޭ އެހީ ހުއްޓާލައި ޚިދުމަތްތައް އާސަންދައިގެ ދަށަށް! / ތޭރަގްރެފިކްސް

އެންސްޕާއިން ބޭސްފަރުވާއަށް ދޭ އެހީ ހުއްޓާލައި ޚިދުމަތްތައް އާސަންދައިގެ ދަށަށް!

Jun 1, 2026, 04:37 PM
މާލެ ސިޓީ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ބޭސްފަރުވާއަށް ދޭ އެހީ ހުއްޓާލައި ޚިދުމަތްތައް އާސަންދައިގެ ދަށަށް ސަރުކާރުން ބަދަލުކޮށްފިއެވެ.

Advertisement

 ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން، ހެލްތް މިނިސްޓަރު ގީލާ އަލީއާ ހަވާލާދީ ރިޕޯޓު ކުރި ހަބަރުގައިވާ ގޮތުން ހޯމަ ދުވަހުން ފެށިގެން އެ ބަދަލުތަކަށް އަމަލުކުރަން ފަށާނެއެވެ.  ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ފަސް ކަމެކެވެ. އެއީ:

ބޭސްފަރުވާއާ ގުޅޭ ކަންކަމުގައި ރައްޔިތުންނަށް ދޭ ހިދުމަތްތައް

 ޓެސްޓުތައް ހެދުމާއި ހާއްސަ މެޑިކަލް ޑިވައިސްއާ ގުޅޭ ހިދުމަތްތައް

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ދޭ ސިއްހީ ހިދުމަތްތައް

ރިފަރަލް އަދި އެމަޖެންސީ ބަލިމީހުންނަށް ދޭ ހިދުމަތްތައް

ހާއްސަ ހާލަތްތަކުގައި ދޭ ހިދުމަތްތައް (ތެލެސީމިއާ އަދި ބޯންމެރޯ ޓްރާންސްޕްލާންޓަށް ދާ މީހުންނަށް ފޮލޯއަޕް ހެދުމާއި އަމިއްލަ ބޭސްފަރުވާއަށް ބޭރަށް ދާ މީހުންނަށް ދޭ އެހީތެރިކަން) އެވެ.

މީގެ ކުރިން މެޑިކަލް ވެލްފެއާގެ ދަށުން އެންސްޕާއިން އައީ 16 ހިދުމަތެއް ދެމުންނެވެ. 

އެންސްޕާއިން ދެމުންދާ މެޑިކަލް ވެލްފެއާގެ ހިދުމަތްތައް އާސަންދައަށް ބަދަލު ކުރުމުގެ ކުރިން ހިދުމަތް ހޯދުމުގައި އާންމުންނަށް ދަތިތަކެއް ކުރިމަތިވާކަމުގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ. އެގޮތުން ސިޔާސީ މީހުންނަށް ގުޅައިގެން މެނުވީ ހިދުމަތް ނުލިބުމުގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved