May 6, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ބީފް ކާ ކެރެލާ އިންތިޚާބުގައި ބީޖޭޕީ ހުތުރުކޮށް ބަލިވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
May 4, 2026, 07:34 PM
މާލެ ސިޓީ

އިންޑިއާގެ ކެރެލާ ސްޓޭޓުގައި ބޭއްވި އިލެކްޝަންތަކުން ވެރިކަންކުރާ ބީޖޭޕީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ޚާއްޞަކޮށް ޕަލައްކާޑު ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށް ބީޖޭޕީން ކުރި އުންމީދުތައް ވަނީ ފެނަށް ގޮސްފައެވެ.

Advertisement

މި އިންތިޚާބުގެ ކެމްޕޭން ތެރޭގައި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ ގެރިމަސް ނުވަތަ ބީފް ކެއުމުގެ މައްސަލައެވެ. ބީޖޭޕީގެ ބައެއް އިސްވެރިން ކެރެލާގެ ރައްޔިތުންގެ އާދަކާދަތަކާ ދެކޮޅަށް ދެއްކެވި ވާހަކަތަކުގެ ސަބަބުން އާންމުންގެ ނުރުހުން އެ ޕާޓީއަށް ވަނީ އަމާޒުވެފައެވެ.

ޕަލައްކާޑު ދާއިރާގެ ނަތީޖާ ދައްކާގޮތުން ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ރާހުލް މާމްކޫޓަތިލް ވަނީ 18,000 އަށްވުރެ ގިނަ ވޯޓުގެ ތަފާތުން ބީޖޭޕީގެ ކެންޑިޑޭޓް ސީ. ކްރިޝްނަކުމާރު ބަލިކޮށްފައެވެ. މިއީ ބީޖޭޕީން އެ ދާއިރާ ކާމިޔާބު ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް ބަލަމުންދަނިކޮށް ލިބުނު ހިތްދަތި ނަތީޖާއެކެވެ.

މީގެ އިތުރުން ވަޔަނާޑު ލޮކްސަބާ ދާއިރާގެ އިލެކްޝަންގައި ޕްރިޔަންކާ ގާންދީ ވަނީ 4 ލައްކައަށްވުރެ ގިނަ ވޯޓުގެ ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބު ކުރައްވާފައެވެ. މި ނަތީޖާތަކާއެކު ކެރެލާގައި ބީޖޭޕީގެ ނުފޫޒު ކުޑަވަމުންދާކަން ވަނީ ހާމަވެފައެވެ.

ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ބީޖޭޕީ ބަލިވުމުގެ މައިގަނޑު ސަބަބަކީ ކެރެލާގެ ދީނީ އަދި ސަގާފީ ހަމަޖެހުމަށް ބުރޫއަރާ ފަދަ ވާހަކަތައް ކެމްޕޭންގައި ބޭނުންކުރުމެވެ. ޚާއްޞަކޮށް ކެރެލާގެ ރައްޔިތުންގެ ކެއުމުގެ އާދަކާދަތަކަށް ފާޑުކިޔުމަކީ ބީޖޭޕީއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved